މާލެ: 31°C
އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް އަނިޔާވެއްޖެ

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް އަނިޔާވެއްޖެ

February 10, 2024
3 ފަހަރު ބަލާފައި
އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް އަނިޔާވެއްޖެ
އިންޑިއާގެ  ކޮޗިންގައި މިއަދު ހިންގި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ. ހާދިސާގައި އަނިޔާވީ ރ. އަލިފުއްޓަށް ނިސްބަތްވާ އާއިލާއެއްގެ ތިން އަންހެނަކަށެވެ. އެއީ 54 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ މީހެކެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ކޮޗިންއާ ކައިރި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގަ އެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ އެ މީހުން ދަތުރުކުރި ކާރު ހައިވޭ މަތިން ޑްރައިވަރު އެއް ފަޅީގައި މަޑުކޮށްލި ވަގުތު އަނެއް ފަޅިން ދިޔަ ކާރެއްގައި ޖެހިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 54 އަހަރުގެ އަންހެންމީހާޔަށް ލިބުނު އަނިޔާގެ ސަބަބުން އަދިވެސް ހޭނާރައެވެ. އަދި އުރުން 25 އަހަރުގެ އަންހެން ކުއްޖާއަށް ވެސް ވަނީ އެކި ވަރުގެ ބޮޑެތި އަނިޔާތަށް ލިބިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ