މާލެ: 31°C

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ އެމްޓީޑީން ކުއްވެރިކޮއްފި

December 23, 2022
2 ފަހަރު ބަލާފައި
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ އެމްޓީޑީން ކުއްވެރިކޮއްފި
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ އެމްޓީޑީން ކުއްވެރިކޮއްފި

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރު ދީ ޓުވީޓް ކުރި މައްސަލަ އެމްޓީޑީން ކުށްވެރިކޮށްފި އެވެ.

އައްޑޫގައި ހުޅު ޖެހި މައްސަލައިގެ "ބަދަލު އަދި އޮތީ ނުހިފި" ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން "އިންޑިއާ އެމްބަސީން" ފަށަން ކިހިނެއްވާނެތޯ ސުވާލުކޮށް ޓްވީޓްކުރީ "އައްބާސް އާދިލް ރިޒާ"އެވެ. އޭނާއަކީ ރައީސް ވަހީދުގެ ސަރުކާރުގެ ސްޕޯކްސްޕާރސަންއަކަށް އުޅުއްވި ބޭފުޅެކެވެ.

އެ މައްސަލައާ ގުޅިގެން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ކުރި ޓްވީޓުގައި ބުނީ ޕީޕީއެމްގެ މެމްބަރެއް އަދި ކުރީ ސަރުކާރެއްގެ އޮފިޝަލެއް ކަމަށްވާ އައްބާސް، އިންޑިއާ އެމްބަސީގައި ރޯކުރަން ގޮވި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އިންޑިއާއަކީ އަހަރެމެންގެ އެންމެ ގާތް އަަވަށްޓެރި އަދި ކޮންމެ ވަގުތެއްގައި ވެސް އަހަރެމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް،" އެމްޓީޑީގެ ޓްވީޓުގައިވެ އެވެ.

https://twitter.com/MTDSecretariat/status/1606298048207810561 އެމްޓީޑީން މިކަން ކުއްވެރިކޮށް ޓްވީޓްކޮށް ޓްވީޓް ކުރިފަހުން އެމްޑީޕީއާއި އެމްއާރުއެމުންވެސް ވަނީ އެ މައްސަލަ ކުށްވެރިކޮށް މިމައްސަލަ ތަހުގީގުކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ