މާލެ: 31°C

އިންޑިއާއަށް ދެން ގޮސްފި ނަމަ އޮންނަން ޖެހޭނީ ޖަލުގަ: ސަމަދު

February 13, 2023
2 ފަހަރު ބަލާފައި
އިންޑިއާއަށް ދެން ގޮސްފި ނަމަ އޮންނަން ޖެހޭނީ ޖަލުގަ: ސަމަދު
އިންޑިއާއަށް ދެން ގޮސްފި ނަމަ އޮންނަން ޖެހޭނީ ޖަލުގަ: ސަމަދު
އިންޑިއާ އަށް ދެން ގޮސްފި ނަމަ އޮންނަން ޖެހޭނީ ޖަލުގަ ކަމަށް ސަމަދު ބުނެފިއެވެ.

އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަނުން ހިފެހެއްޓި ޕީޕީއެމްގެ ހުޅުމާލޭގެ ގޮފީގެ ރައީސް، އަބްދުއްސަމަދު މިއަދު މެންދުރު ފަހު އެއާ އިންޑިއާގެ ފްލައިޓަކުން ވަނީ ރާއްޖެ އައިސްފައެވެ.

ސަމަދު ރާއްޖެ އައިސް ވެލާނާ އެއާޕޯޓުގައި ހުރެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން އޭނާ ހިފެހެއްޓީ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ ކަމަށެވެ. އަދި މީގެ ތިން ދުވަސްކުރިން އާއިލާއާއެކު އޭނާ ބެންގަލޫރަށް ދިޔައީ ބޭސްފަރުވާއަކަށް ކަމަށެވެ.

ފޮރިން މިނިސްޓްރީން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ އިންޑިއާގެ ބެންގަލޫރުގައި ހުރި ދިވެއްސަކު، އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަން ޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުން ގެންދާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ