އިންޑިއާއި ރާއްޖޭގެ އަސްކަރީޔާގެ ވެރިން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އިންޑިއާއި ރާއްޖޭގެ އަސްކަރީޔާގެ ވެރިން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ލިޔުން:
އިންޑިއާ އާއި ރާއްޖޭގެ އަސްކަރީޔާގެ ވެރިން ގެ މެދުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި
މި މަހުގެ 6 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ އަސްކަރީޔާގެ ފަރާތުން ބައިވެރިވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. އިންޑިއާގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އެގައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ އެވެ.
ދިފާއީ މަޝްވަރާއާ ބެހޭ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ބައްދަލުވުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ބާއްވަމުން އަންނަ "ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" ގެ 5 ވަނަ ބައްދަލުވުން ކަމަށެވެ. އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ގާއިމްކުރުމުގައި 2 ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
އިންޑިއާގެ ބަޔާނުގައިވާގޮތުން ބައްދަލުވުމުގެ މުޅި މަޝްވަރާތަކަކީ އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށާއި، އެ މަޝްވަރާތަކަކީ ކައިރި މުސްތަގުބަލެއްގައި ދެ ގައުމުގެ މަސްލަހަތު ތައް ކުރިއަރުވައި، އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދޭނެ މަޝްވަރާތަކަކަށް ވާނެކަމަށެވެ.
އަދި އެބަޔާނުގައި ބުނެފައިވަނީ ދިފާއީ މަޝްވަރާގެ ފަސް ވަނަ ބުރުގެ ސަބަބުން ދެ ފަރާތަށް ވެސް ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި، އޭގެ ތެރޭގައި މިހާރު ކުރިއަށްދާ ޑިފެންސް ކޯޕަރޭޝަންގެ އެކި އެކި މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން މަތީ ފަންތީގެ އެކްސްޗޭންޖް ޕްރޮގްރާމް ތަކާއި ކެޕޭސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ފަދަ އާންމު މަސްލަހަތު ހިމެނޭ އެހެން ބައެއް ދާއިރާތަކާ ބެހޭ ގޮތުން ވެސް ދެ ފަރާތުން މަޝްވަރާ ކުރެއްވިކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކުރިއަށް ހުރި ބައިލެޓަރަލް އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
