މާލެ: 31°C
އިމްރާން މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފި

އިމްރާން މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފި

January 28, 2024
3 ފަހަރު ބަލާފައި
އިމްރާން މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފި
ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވަައިފިއެވެ. މިއީ މަޖިލިސް އިންތިހާބުގައި އިމްރާމް ވާދަކުރައްވާ ފުރަތަމަ ފަހަރަށްވާއިރު، އޭނާ ކުރިމަތިލައްވަން ނިންމާފައިވަނީ މަކުނުދޫ ދާއިރާއަށެވެ. އެގޮތުން، އަދާލަތު ޕާޓިީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖުމްލަ ހަތަރު ބޭފުޅަކަށް ޓިކެޓު ދިނުމަށް މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދާލަތު ޕާޓީން ވާދަކުރާ އިތުރު 3 ދާއިރާއަކީ:
  • ހުސައިން ސަގީފް - ވައިކަރަދޫ ދާއިރާ
  • އިސްމާއީލް ހަމީދު - ފުނަދޫ ދާއިރާ
  • އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ މަޖިލިސް އިންތިހާބުގައި އެ ޕާޓީއާ އެކު ނުކުތުމަށް މަޝްވަރާ ކޮށްފައެވެ. އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ 18 ވަނަ ދައުރުގައި މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ މިދިޔަ އަހަރު ޕީއެންސީއާ ގުޅިވަޑައިގަތް އަނާރާ ނައީމެވެ. އަދި އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި އަނާރާއަށް ހުރާ ދާއިރާގެ ޕާޓީ ޓިކެޓު ވަނީ ނާކާމިޔާބު ވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އަދާލަތު ޕާޓީގެ އެެއްވެސް މެންބަރަކު ނުހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ