މާލެ: 31°C

އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީއަކު އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި

އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީއަކު އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި
September 17, 2024
2 ފަހަރު ބަލާފައި
އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީއަކު އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ބުނެ, ބިދޭސީން އުޅެމުން ދިޔަ ތަނަކަށް ވަދެ ބިދޭސީ އަކު އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ، ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި 3 މީހަކު ވަދެ ބަންގަލަދޭޝް މީހަކު އަތުން މޯބައިލް ފޯނަކާއި، 9000 ރުފިޔާ ފޭރުނު މައްސަލާއެއް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ގ. ބެރުގެ އުމުރުން 44 އަހަރުގެ މުހައްމަދު ނަވީން އެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. ދެ މީހެއްގެ ފޮޓޯ ހިއްސާކޮށް "އެކްސް" ގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެ ދެ މީހުންނަކީ އިމިގްރޭޝަން އޮފިސަރުންތޯ ސުވާލުކޮށްފަ އެވެ. އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، އެ ފޮޓޯއިން ފެންނަ ދެ މީހުންނަކީ އިމިގްރޭޝަންއާ ގުޅުން އޮތް ބައެއް ނޫން ކަމަށާއި، އެ ދެ މީހުންގެ މައްސަލަ ފުލުހުން ބަލަމުން ދާކަމަށެވެ. މީގެ އިތުރުން ޝަމްއާން ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީކާޑު ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކަކީ ޔުނީފޯމު ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކެއް ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ