މާލެ: 31°C

ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

January 26, 2025
178 ފަހަރު ބަލާފައި
ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ޓާސްކް ފޯހުން މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަންގެ ޓާސްކް ފޯހުން މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޖަނަވަރީ 23 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން އިއްޔެ ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވަނީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ އަދި ވިޔަފާރި ހިންގަމުންދިޔަ ތަނެކެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ދަށުން އެތައް ރެއިޑެއް ޖަހައި، ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފުރުވާލާފައެވެ.

މީގެއިތުރުން ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށް ހޯމް މިނިސްޓްރީންވެސް އަންނަނީ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. އެ އޮޕަރޭޝަންގެ ދަޑުން މިހާތަށް 25000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމަތު ވަނީ އެއްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ