މާލެ: 31°C

އިމާރާތުން ވެއްޓި ނިޔާވި އަންހެންމީހާގެ ފޮޓޯ ނުފަތުރަން އިލްތިމާސްކޮށްފި

އިމާރާތުން ވެއްޓި ނިޔާވި އަންހެންމީހާގެ ފޮޓޯ ނުފަތުރަން އިލްތިމާސްކޮށްފި
March 14, 2023
2 ފަހަރު ބަލާފައި
އިމާރާތުން ވެއްޓި ނިޔާވި އަންހެންމީހާގެ ފޮޓޯ ނުފަތުރަން އިލްތިމާސްކޮށްފި
ރޭ މާލޭ ހެންވޭރުގައި ހުރި އިމާރާތެއްގެ މަތިން ވެއްޓި ނިޔާވި އަންހެންމީހާގެ ފޮޓޯ ނުފަތުރަން ފުލުހުން އިލްތިމާސް ކޮށްފިއެވެ. މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ވެއްޓުނީ ހެންވޭރު ލިލީނައިޓް އާގޭ ތިންވަނަ ފަންގިފިލާއިންނެވެ. ވެއްޓުނު އަންހެން މީހާއަށް ފަރުވާދޭން އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާފެފައެވެ. އޭނާ ވެއްޓިފައި ވަނިކޮށް ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. [embed]https://twitter.com/PoliceMv/status/1635355729115881472?s=20[/embed] ފުލުހުން ބުނީ ރޭ މާލޭގައި ގެއެއްގެ މަތިން ވެއްޓި މީހަކު ނިޔާވި މައްސަލަ އެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސް ތަކަށް އިހުތިރާމުކޮށް ނިޔާވިމީހާގެ ފޮޓޯއާއި ހާދިސާގެ މަންޒަރުތައް ދައުރު ނުކުރުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރާކަމަށެވެ. ރޭ މާލޭގައި ހުރި އިމާރާތަކުން މީހަކު ވެއްޓި ނިޔާވެފައިވާއިރު، އިއްޔެރޭ ވަނީ ހެންވޭރު ގައި ހުރި އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން 4 އަހަރުގެ ކުޑަކުއްޖަކު ވެއްޓި ނިޔާވެފައެވެ. އެކުއްޖާ ނިޔާވެފައިވަނީ ލިބުނު ގެއްލުންތަކަށް ފަރުވާދެމުން ދަނިކޮށް އޭޑީކޭ ހޮސްޕިޓަލް ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ