
އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އެހީތެރިކަން ދިނުން މުހިންމު: ފަސްޓްލޭޑީ
އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އެހީތެރިކަން ދިނުން މުހިންމު: ފަސްޓްލޭޑީ
ލިޔުން:
އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައްކޮށް އެދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ސޯޝަލް ވަރކް ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދިޔަ ހަރަކާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
އެކަމަނާ ވިދާޅުވީ އެ ދާއިރާއަށް އިންވެސްޓްމަންޓްތައް ކުރުމަކީ އަދުލުވެރި ސުލްޙަވެރި ބާއްޖަވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެންމެން ޝާމިލްވާ އިންސާފުވެރި މުޖުތަމައެއް އުފެއްދުމަށް އިޖްތިމާއީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތްވެސް އެކަމަނާ ވަނީ އެ ވީޑިއޯ މެސެޖުގައި ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން އެ ވީޑިއޯ މެސެޖުގައި، ދުނިޔޭގެ ސޯޝަލް ވަރކާސް ދުވަހުގެ މުނާސަބަތުގައި އިޖްތިމާއީ ހިދުމަތުގެ ބުރަ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އެކަމަނާ އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ހަރަކާތަކީ އިޖްތިމާއީ ހިދުމަތްތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އިޖުތިމާއީ ހިދުމަތްތެރިންނަށް ހަނދާނީ ފިލައެއް ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
