އިހުތިސާސްގައިވާ ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބޭ ބިލު ތަސްދީގުކޮށްފި

އިހުތިސާސްގައިވާ ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބޭ ބިލު ތަސްދީގުކޮށްފި
ލިޔުން:
ލޯކަލް ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަަރަހައްދުގައި ހުންނަ ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް އޮންނަ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ފަޅުރަށްރަށައި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު އެވެ.
އިހުތިސާސްގެ ދަށުގައިވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމުގެ ބާރު، މިއަދު ތަސްދީގުކުރި ގާނޫން ކައުންސިލްތަކަށް ދީފައި ވިޔަސް، އެކަމާ ބެހޭ ގަވާއިދު ހަދާނީ މިހާރު ނަމަ އެކްރިކަލްޗާ މިނިސްޓްރީންނެވެ. އަދި ފަޅުރަށްތައް ވަރުވާއަށް ލިއުއްވާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ބަޔާންކުރާނީ އެގަވާއިދުގަ އެވެ. އެހެން ނަމަވެސް އެފަދަ ބައެއް އުސޫލުތައް އެ ގާނޫނުގައި ވެސް ބަޔާންކޮށްފައި އެބަ އޮތެވެ. އެފަދަ އެއް ކަމަކީ ވަރުވާއަށް ލިއުއްވާ ރަށްރަށް ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކުރުން މަނާކޮށްފައި އޮތް އޮތުމެވެ.
"އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ޙަވާލުކުރުމަކީ މަނާކަމެކެވެ." މިއަދު ތަސްދީގުކުރި ގާނޫނުގެ (5) ވަނަ މާއްދާގެ (ހ) ގައި ވެ އެވެ.
ފަޅުރަށްރަށާއި ބެހޭ ގާނޫނަށް މި އިސްލާހުން ގެނައި އެހެން ބައެއް ބަދަލުތަކުގެ ތެރޭގައި، މީހަކު ވަރުވާއަށް ލިއުއްވާފައިވާ ފަޅު ރަށްރަށް ވަކި ހާލަތެއްގައި ފިޔަވައި، އެމީހާގެ ހުއްދަ ނުހޯދައި އެރުން މަނާވުން ހިމެނެ އެވެ. ހުއްދަ ނުހޯދައި އެރޭނީ ކަނޑުމަތީގައި ހާލުގައި ޖެހިގެން ފުރާނަ ސަލާމަތްކުރަން އަރާ އެރުމުގަ އެވެ. ވަރުވާއަށް ލިއުއްވާފައިވާ ރަށަކަށް އެރުމަށް އަގެއް ނެގުން ވެސް އެގާނޫނުން ވަނީ މަނާކޮށްފަ އެވެ.
މިއަަދު ތަސްދީގުކުރި ގާނޫނުގައިވާ ގޮތުން، ވަރުވާއަށް ދޫކޮށްފައި ހުންނަ ރަށްރަށުގެ އެއްބަސްވުމާ، ލިއުއްވި ފަރާތުން ހިލާފުނުވި ނަމަވެސް ދައުލަތުން އެރަށް އަނބުރާ ނަގަން ވެއްޖެ ނަމަ 30 ދުވަހުވެ ނޯޓިސް އެއް ދިނުމަށް ފަހު ނެގޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
