މާލެ: 31°C

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ޑްޕްލެކްސް ޕްރައިވެޑް ލިމިޓެޑާ ޚަވާލުކޮށްފައިވަނިކޮށް އާރުޑީސީއާ ހަވާލުކޮށްފި

January 29, 2025
199 ފަހަރު ބަލާފައި
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ޑްޕްލެކްސް ޕްރައިވެޑް ލިމިޓެޑާ ޚަވާލުކޮށްފައިވަނިކޮށް އާރުޑީސީއާ ހަވާލުކޮށްފި
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކުރީ ސަރުކާރުން ޚަވާލުކޮށްގެން ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ޚަވާލުކޮށްގެން އިމާރާތްކުރުމުގެ މަސައްކަތް ފެށި ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީ އާއި ޙަވާލުކޮށްފިއެވެ.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ޚަވާލުކޮށްގެން އިމާރާތްކުރުމުގެ މަސައްކަތް ފެށި ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީ އާއި ޙަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އެވެ. އަދި އާރުޑީސީ ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.

އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން 17 ޖެނުއަރީ 2023 ގައި ޑްޕްލެކްސް ޕަރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލް އެޅުމުގެ ގްރައުންޑް ވޯކްސް ފަށައި ފައުންޑޭޝަން ގެ މަސައްކަތް ކުރިއަށްދަނިކޮށް ވެރިކަން ބަދަލުވުމަށްފަހު އެމަސައްކަތް ވަނީ ހެލްތު މިނިސްޓްރީން އަންގައިގެން އެކުންފުނިން ހުއްޓާލާފައިކަމަށް އެކުންފުނިން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް މިއަދު އެ މަސައްކަތް އާރޑީސީއާއި ޚަވާލުކުރިއިރު ޑްޕްލެކްސް އާއި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާކަން ހާމަކޮށްފައެއް ނުވެއެވެ.

މިނިވަން އަށް މައުލޫމާތުދިން ޑްޕްލެކްސް ގެ ވެރިއަކު ބުނީ އެކުންފުންޏާ ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުން ރޫޅާލިކަންވެސް އަދި ރޫޅާލަން މަސައްކަތްކުރާކަންވެސް އެނގިފައި ނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ