މާލެ: 31°C

އިހަވަންދޫގެ ތަރައްޤީއަށް ކައުންސިލުން ހުރަސްއަޅާކަމުގެ ޝަކުވާތަކެއް

އިހަވަންދޫގެ ތަރައްޤީއަށް ކައުންސިލުން ހުރަސްއަޅާކަމުގެ ޝަކުވާތަކެއް
April 24, 2023
2 ފަހަރު ބަލާފައި
އިހަވަންދޫގެ ތަރައްޤީއަށް ކައުންސިލުން ހުރަސްއަޅާކަމުގެ ޝަކުވާތަކެއް
އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރަތްކުރުމަށް 123،303،792.00ރ (ސަތޭކަ ތޭވީސް މިލިއަން ތިންލައްކަ ތިންހާސް ހްތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) އަށް 16 ޖެނުއަރީ 2023 ގައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ. ހޮސްޕިޓަލް އިމާރާތްކުރަން ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރަމުންދަނިކޮށް މިހާރުވަނީ އެ މަސައްކަތް ކުރުން ހުއްޓްވައިފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ  މެންބަރ މުޙައްމަދު ޝިފާއު ގެ ފޭސްބުކުގައި "އިހަވަންދޫ ކައުންސިލުން އެއްބާރުލުން ނުދީ، ކިތައްމެ ޖެއްސުމެއް ކުރިއަސް އިހަވަންދޫ ހޮސްޕިޓަލުގެ މަސްއްކަތް މިސަރުކާރުންކުރާނެ" ކަމަށްބުނެ ސްޓޭޓަސް އެއްވަނީ ޖަހާފައެވެ. މިކަމާގުޅިގެން އިތުރަށް އެކަން ސާފުކުރުމަށް މި ނޫހުގެ ފަރާތުން އިހަވަންދޫގެ ބައެއް ރައްޔިތުންނާ ވާހަކަ ދައްކާލުމުން އެފަރާތްތަކުން މައުލޫމާތު ދެއްވިގޮތުގައި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައަޅައި ކުރީގެ ކައުންސިލްގެ ދައުރުގައި ހެއްތު މ ިނިސްޓަރީއާއި ޙަވާލުކޮށްފައިވާ ބިމުގައި 110 ރުކާއި 86 ގަސް ހުއްޓެވެ. އެހެންކަމުން ރުއްގަހުގެ ވެރިފަރާތްތަކަށް ރުއްގަހުގެ ބަދަލު ދިނުމަށްފަހު ބިންސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ކައުންސިލުންވަނީ ކުރިންދީފައިވާ ބިން މާބޮޑުކަމަށްބުނެ ބިން ކުޑަކުރަން މަސައްކަތްކުރަމުންނެވެ. އަދި ކައުންސިލްގެ މްންބަރަކު އަމިއްލަގޮތުން އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީއަށް ރުއްގަސް ކަނޑާމައްސަލަ ހުޝަހަޅައި އެ މަސައްކަތް މިހާރުވަނީ ކައުންސިލުން އަންގައިގެން ކޮންޓްރެކްޓަރ ހުއްޓާލާފައެވެ. އަދިވެސް އިތުރަށް މި ނޫހައް މައުލޫމާތު ދެއްވި ފަރާތަކުން ފާހަގަކުރިގޮތުގައި އެ ރަށުގައި ޒަމާނީ ފެންވަރުގެ ޕުލުހުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ނުކުރެވި އަހަރަކަށްވުރެ ގިނަދުވަސް މިހާރުވަނީ ވެފައެވެ. އެކަން ނުފެށި ލަސްވަނީ ކައުންސިލުން އެކަމަށް އެކަޝޭނަ ބިމެއް ފުލުހުންނަށް ނުދެއްކުމުންކަމުގައިވެސް އެފަރާތުން ފާހަގަކުރިއެވެ. މިނިވަންއާ ވާހަކަދެއްކި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އެރަށުގައި އޮންނަނީ އިދިކޮޅު ޕީ.ޕީ.އެމް ގެ އަޤްލަބިއްޔަތު އޮންނަ ކައުންސިލް އެކެވެ. އެކަމާގުޅިގެން ސަރުކާރުން އެރަށުގައި ހިންގަމުންއަންނަ ހުރިހާ މަޝްރޫއުތަކަކަށްވެސް ދަނީ ހުރަސްތައް ކުރިމަތިވަމުންނެވެ، އިހަވަންދޫ ނޫނަސް އެ އަތުޅުގައި ބައެއް ރަށްރަށުގެ އަޤްލަބީޔަތު ޕީ.ޕީ.އެމް އަށް އޮންނަކަމަށާއި ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ އެފަދަ ކަންކަމުގައި އެ ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ދެމުންގެންދާ ކަމުގައިވެސް އެފަރާތްތަކުން ފާހަގަކުރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ