މާލެ: 31°C

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ފަސޭހަވާނެ: މިނިސްޓަރު

January 29, 2025
122 ފަހަރު ބަލާފައި
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ފަސޭހަވާނެ: މިނިސްޓަރު
އިހަވަންދޫ އެޅުމަށް ނިންމާފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަކީ އުތުރުގެ އަތޮޅުތަކުގެ މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިހަވަންދޫ އެޅުމަށް ނިންމާފައިވާ ފިޝަރީޒް ކޮމްޕްލެކްސް އަކީ އުތުރުގެ އަތޮޅުތަކުގެ މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ހަރަކާތުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫގެ ސަބަބުން އެންމެ އުތުރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށާއި މިއީ ރައްޔިތުންގެ، ވަކިން ހާއްސަކޮށް މަސްވެރިންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

އިހަވަންދޫގެ ރައްޔިތުން ވަރަށް ގިނަ ދުވަސްވެއްޖެ މަޝްރޫއަށް އިންތިޒާރު ކުރާތާ. ހުރިހާ ސަރުކާރުތަކުންވެސް މި ވާހަކަ ދައްކާ. އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުން ރައީސްގެ އިސްނެންގެވުމާއެކު އެސްޑީބީން މިވަނީ މި މަޝްރޫ ހިމެނޭ ގޮތަށް އެހެން މަޝްރޫތަކަށާއެކު މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދާފަ،"

މި މަޝްރޫއަކީ އިހަވަންދޫގެ ރައްޔިތުންނަށާއި އިވަހަންދޫގެ މަސްވެރިންގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށްވެސް ވަރަށް ބޮޑު އުންމީދެއް ގެނުވާނެ މަޝްރޫއެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް ވަނީ ރާއްޖޭގެ އުތުރުން މަސް ބާނައިގެން ފެލިވަރަށް މަސް ކިރަން ދާޏް ޖެހުމުން ވަރަށް ބައިވަރު ތެޔޮ މަސްވެރިން އަންދަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ. އޭގެ ބަދަލުގައި އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ސަބަބުން މި ހަރަދުތައް ސަލާމަތް ކުރެވި މަސްވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއާއެކު އެރަށުގައި ވަރަށް ގިނަ ވަޒީފާތައް ހުޅުވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މި މަޝްރޫއާއެކު އިހަވަންދޫގެ އިގްތިސޯދަށްވެސް ފައިދާވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ފިޝަރީޒް ކޮމްޕްލެކްސްއަކީ 100 ޓަނުގެ ކޯލްޑް ސްޓޯރޭޖްއާއި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީއާއި އޮފިސް އިމާރާތަކާއި އިންޖީނުގެއަކާއެކު އަޅާ ކޮމްޕްލެކްސް އެކެވެ. އަދި މި މަޝްރޫގެ ދަށުން 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި 3 ޕޮއިންޓަކުން މަސް ކިރޭ ޖެޓީއަކާއެކު 3.5 މީޓަރުގެ ފުން ބަނދަރެއް ގާއިމު ކުރެވިގެން ދާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ