މާލެ: 31°C
ރައީސް ޔާމީން އާ ބައްދަލުކޮށްފަވާތީ އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް، ޕީއެންސީ ޕްރައިމަރީއަށް ޝަރުތުހަމަނުވާކަމަށް ނިންމައިފި

ރައީސް ޔާމީން އާ ބައްދަލުކޮށްފަވާތީ އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް، ޕީއެންސީ ޕްރައިމަރީއަށް ޝަރުތުހަމަނުވާކަމަށް ނިންމައިފި

26 ޑިސެންބަރު 2025
379 ފަހަރު ބަލާފައި
ރައީސް ޔާމީން އާ ބައްދަލުކޮށްފަވާތީ އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ޕީއެންސީ ޕްރައިމަރީއަށް ޝަރުތުހަމަނުވާކަމަށް ނިންމާފައިވާ ކަމަށް މިނިވަން އަށް މައުލޫމާތު ލިބިއްޖެ އެވެ.

ރައީސް ޔާމީން އާ ބައްދަލުކޮށްފަވާތީ އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ޕީއެންސީ ޕްރައިމަރީއަށް ޝަރުތުހަމަނުވާކަމަށް ނިންމާފައިވާ ކަމަށް މިނިވަން އަށް މައުލޫމާތު ލިބިއްޖެ އެވެ.

އަންނަ އަހަރުގެ މާރިޗް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި އިހަވަންދޫ ކައުންސިލަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި އިހަވަންދޫ ކައުންސިލްގެ މިހާރުގެ ރައީސް އަހްމަދު ސޮބާހް ވެސް ވަނީ އާ ދައުރަކަށް އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ނަން ހުށަހަޅާފައެވެ.

އަހްމަދު ސޮބާހް އަކީ މިވަގުތު އިހަވަންދޫގައި ޕީއެންސީގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ފަރާތް ނަމަވެސް މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު އެ ޕާޓީން މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވުމަށް މާލެ އައި ދަތުރުގައި ރައީސް ޔާމީން އާއި އޭނާ ބައްދަލުކުރިކަމަށް އެ ޕާޓީގެ އެކްޓިވިސްޓުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އޭނާ ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް ނިންމީ އެކަމާ ގުޅިގެން ކަމަށްވެސް ބައެއް އެކްޓިވިސްޓުން މިނިވަން އަށް މައުލޫމާތު ދީފައި ވެއެވެ. ބުނަމުންނެވެ.

އަދި އެ ތުހުމަތު އެގޮތަށް ކޮށްފައިވަނިކޮށް، ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި އޭނާގެ ކޮށްކޮ ސުޖާއު އާއި އިހަވަންދޫ ހެލްތު ސެންޓަރުގެ މެނޭޖަރުގެ މަގާމުގައި ހުރި އޭނާގެ ދައްތަ ސަހްމާ ކުއްލިގޮތަކަށް ސަސްޕެންޑް ކުރިކަމަށްވެސް މިނިވަންއަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އެ ދެފަރާތް އަލުން ވަޒީފާއަށް އަނބުރާ ނެރެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ކުއްލިގޮތަކަށް އިހަވަންދޫ ކައުންސިލް ރައީސް ސޮބާހް ޕީއެންސީ ޕްރައިމަރީ ގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް ނިންމި ނިންމުމާ ގުޅިގެން އެ ޕާޓީގެ އިހަވަންދޫ އެކްޓިވިސްޓުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.

މި ކަމާގުޅިގެން އިހަވަންދޫ ޕީއެންސީ އެކްޓިވިސްޓުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު ސޮބާހް ގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި ސަބަބެއް ކަމަށް ބައެއް އެކްޓިވިސްޓުން ބުނީ ސޮބާހް އަކީ ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކޮށްފާނެ ފަރާތަކަށްވާތީ މިހާރުގެ މަޖިލިސްމެންބަރު ސޮބާހުގެ ސިޔާސީ ކުރިުމަގަށް ހުރަސްއަޅަން ކޮށްފައިވާ ކަމެއް ކަމަށެވެ. އެގޮތުން ސޮބާހްއަކީ ރައީސް ޔާމީނަށް ވަފާތެރި މީހެއްކަމަށް ޕީއެންސީގެ ވެރިންނަށް މިހާރުގެ މެންނަރު ދަނީ ވިސްނައިދެމުންކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

 

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ