
އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ހިދުމަތް ފަށާނީ ޖުލައި މަހު: މިނިސްޓަރު ސައީދު
އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ހިދުމަތް ފަށާނީ ޖުލައި މަހު: މިނިސްޓަރު ސައީދު
ލިޔުން:
އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭ ވަރު ވާނެ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ކުރަން ބަޔަކާ ހަވާލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މިއަދު ހއ. ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ދުނިޔޭގައި އެފަދަ ހިދުމަތް ދޭ އެންމެ ގާބިލް 10 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏަކާ އެކު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މަޝްވަރާ ފަށާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު ބޮޑު ތިލަދުންމަތީގައި ޖުލައި މަހު ބަންކަރިންގެ ހިދުމަތް ފެށޭނެ ކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމާއެކު އެކު އެންމެ ބޮޑު ފައިދާއެއް ލިބޭނެ އެއް ބަޔަކީ ތިލަދުންމަތީގެ ރައްޔިތުން ކަމަށެވެ. އެގޮތުން މި ހިދުމަތާ އެކު އެ ސަރަހައްދުގައިި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވި ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ އިތުރު ދޮރެއް ހުޅުވި އާމްދަނީ އިތުރުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނީގެ އެސެޓްގެ ގޮތުގައި ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދޫ ކުރިމަތީގައި އޮންނަ އިންޑަސްޓްރިއަލް ފަޅު ހިމަނާފައިވާ ކަމުގައިވެސް ސައީދު ވިދާޅުވި އެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭގެ ނަމުގައި ފަށާ މަސައްކަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި މިކަަމަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫރަޕްގެ ކުންފުންޏަކާ މަޝްވަރާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ އިގްތިސާދުގެ ލޭންޑް ޔޫޒް ޕްލޭން ކުރަން ހުރި ހުރިހާ ކަމެއްގެ ބިންގާ އެހުރީ އެޅިފައި،" ސައީދު ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ބޭންކެއް މިއަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގަން ފަށާނެ ކަމުގައިވެސް މިބައްދަލުވުމުގައި މުހައްމަދު ސައީދު ވިދާޅުވި އެވެ. އޭރުން ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކަށް ފައިސާ އިން އަދި ލުއި ގޮތަކަށް ފައިސާ ލިބޭނެ ގޮތް ފަހިވެގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ބަންކަރިން ހިދުމަތުގެ ތެރޭގައި ބޮޑެތި ކަނޑު ބޯޓުތަކަށް ތެޔޮ އަޅައިދިނުން ހިމެނެ އެވެ. ރާއްޖޭގެ އުތުރަކީ ގިނަ އަދަދެއްގެ ބޭރުގެ ކާގޯ ބޯޓުތައް ދަތުރުތައް މަގަކަށް ވާއިރު ބަންކަރިންގެ ހިދުމަތާ އެކު ރާއްޖެއަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ސަރުކާރުން އުއްމީދުކުރެ އެވެ.
އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެއެވެ.
އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ހުރިހާ ސަރުކާރަކުންވެސް ދައްކަމުންދާ އެކަމަކު އަދިވެސް ނުވެފައިވާކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
