
ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން އަސްލެއްނެތް ވާހަކަތައް ނުފެތުރުމަށް އިގްތިސާދީ ވުޒާރާއިން ގޮވާލައިފި
ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން އަސްލެއްނެތް ވާހަކަތައް ނުފެތުރުމަށް އިގްތިސާދީ ވުޒާރާއިން ގޮވާލައިފި
ލިޔުން:
ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން އަސްލެއްނެތް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިގްތިސާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ގޮވާލައިފިއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބަނގުރޫޓްވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން އިގްތިސާދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށް އަދުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ގޯސްވެ، ރާއްޖޭގެ އިގްތިސާދުގެ ހާލަތު ގޯސްވެފައިވާކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ އަސްލެއްނެތް ވާހަކަތަކާމެދު ކަންބޮޑުވާކަމަށެވެ.
އެފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަމުން އެދަނީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބުރަވެ ނޫންކަން ފާހަގަކުރަމުން އިގްތިސާދީ ވުޒާރާއިން ބުނީ ރާއްޖޭގެ ބޭންކިން ނިޒާމާއި މުޅި މާލީ ނިޒާމު މިއަދުވެސް ހިނގަމުންދަނީ ޔަގީންކަމާއެކު ކަމަށާއި، ރާއްޖޭގެ މާލީ ނިޒާމުގެ އަގު ވެއްޓޭގޮތަށް މަދު ބަޔަކު ދައްކަމުންދާ އެވާހަކަތަކުގައި އެއްވެސްކަހަލަ އަސާސެއް ނެތްކަމަށެވެ.
"ވޭތުވެދިޔަ ތަނުގައި ހެދިފައި ހުރި ގޯސްތަކުގެ ސަބަބުން އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ގޮންޖެހުންތައް ހުރިނަމަވެސް، ކަމާއި ބެހޭ އިދާރާތަކުގެ ރިޕޯޓުތަކުން ދައްކަނީ، މިއަދު ރާއްޖޭގެ އިގްތިސާދުގެ ދުވެލި ހުރީ ރަނގަޅަށްކަމަށް" އިގްތިސާދީ ވުޒާރާގެ ބަޔާނުގައި ބުންޏެވެ.
https://twitter.com/moedmv/status/1758807966478639602?s=48&t=uQCZRj9B9MnPdws6EolbBQ
މި ބަޔާނުގައި އެ ވުޒާރާއިން ބުނީ، ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން މިހާރު ހުރީ އެ ވުޒާރާއިން ކުރިން އުއްމީދު ކުރިވަރަށްވުރެވެސް ރަނގަޅަށް ކަމަށެވެ.
އިގްތިސާދާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާމެދު ކަންބޮޑުވާކަމަށް އިގްތިސާދީ ވުޒާރާއިން ބުނެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ސިޔާސަތުތައް ހުރިގޮތުން ރާއްޖޭގެ އިގްތިސާދާމެދު ކަންބޮޑުވާކަން ހާމަކުރަމުންނެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ނަމަވެސް މާލީ ހާލަތާމެދު ކަންބޮޑުވާކަމަށް މިދިޔަ ސަރުކާރުގެ އިގްތިސާދީ ވަޒީރު، ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ބައިލެޓަރަލް ރިލޭޝަންތައް ދަމަހައްޓާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް އިގްތިސާދުގައި ހުރި މައްސަލަތައް ހައްލުކުރަންޖެހޭނެކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވެސް މާލީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށެވެ. އެކަން އެމަގުން ނުވާނީ ކަންކުރުމުގެ ވައްޓަފާޅިނެއްނަމަ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
