އިދިކޮޅުން މާދަމާ ބާއްވަން އުޅޭ ރެލީގެ އެއްވެސް އަސާސެއް ނެތް: ތަރުޖަމާނު

އިދިކޮޅުން މާދަމާ ބާއްވަން އުޅޭ ރެލީގެ އެއްވެސް އަސާސެއް ނެތް: ތަރުޖަމާނު
ލިޔުން:
މާދަން އިދިކޮޅުން ބާއްވާ ރެލީ ބިނާވެފައިވަނީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މާދަމާ ބާއްވާ ރެލީ އަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ބާއްވާ ރެލީއެއް ކަމަށާ، އެކަން ރައްޔިތުންނަށްވެސް އެނގޭކަމަށެވެ.
"އެ ހަރަކާތަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް، ދިވެހިންގެ ހިތުގައި އޮތް ވަތަނީ ޖޯޝު، އޭގެ ފައިދާ، ސިޔާސީ ބޭނުމަށް ނަހަމަ ގޮތުގައި ހިފިދާނެ ކަމުގެ ހުވަފެނެއްގައި، މަދު ފަރާތްތަކަކުން ހިންގާ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަ ކުރަނީ." މިއަުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އެ މައްސަލާގައި އަޑުގަދަ ކުރާ މީހުންނަކީ އެއްގަލަކަށްވެސް ނޭރޭ އަދި ހަމަޖެހުން ނަގާލަން އުޅޭ ބައެއް ކަމަށެވެ.
" އެކިއެކި ވާހަކަ ދައްކައިގެން، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި، އަދި ބައިނަލްއަގުވާމީ މި ޓްރައިބިއުނަލްގެ، ނުވަތަ ބައިނަލްއަގުވާމީ މި ދާއިރާގައި ތިބި ބޭފުޅުންނަށްވުރެ، މި ދާއިރާގައި އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާ ތިއްބަވާ، ނަމަވެސް އެބޭފުޅުންނަށްވުރެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ބައެއް ބޭފުޅުންނާ، މިފަދަ ބޭފުޅުން ތަކެއް މި ހިމެނެނީ. އެކަން ދިވެހިން ވަރަށް ރަނގަޅަށް ގަބޫލުކުރާހެން އަޅުގަނޑަށް ހީވަނީ." މިއުވާން ވިދާޅުވިއެވެ.
މިއުވާން އިތުރަށް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފް ކުރާނެކަމަށް އިދިކޮޅުން ބުނި ނަމަވެސް، އިސްތިއުނާފް ކުރާނީ ކޮންތަނަކަށް ކަމެއް ވެސް ނޭނގޭ ކަމަށާއި ސަބަބަކީ އެއީ އިސްތިއުނާފް ނުކުރެވޭނެ މައްސަލައެއް ކަމަށް ވާތީ ކަމަށެވެ.
ސަރުކާރުން މިހެން ބުނެފައިވާ އިރު ، މާދަމާގެ ރެލީގައި ބައިވެރި ނުވުމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ވެސް ވަނީ އެޕާޓިގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
