އިނދިކޮޅު ލީޑަރުން ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރައްވައިފި

އިނދިކޮޅު ލީޑަރުން ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރައްވައިފި
ލިޔުން:
ރިޝްވަތުހިފުމުގެ ކުށާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނު ހުންނެވި، މާފުށީ ޖަލަށް އިދިކޮޅު ޕީޕީއެމްޕީއެންސީގެ ލީޑަރުން ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރައްވައިފި އެވެ.
ޔާމީނާ ބައްދަލުކުރުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ޓްވީޓްކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި ޔާމީނާ ބައްދަލުކުރައްވަން އިއްޔެ އޭނާއާ އެކ ޖަލަށް ވަޑައިގެންނެވީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އަދި މާލޭސިޓީކައުންސިލުގެ މެމްބަރު އިބްރާހީމް ޝުޖާއު އެވެ.
[embed]https://twitter.com/Banafsaa/status/1615780255901577216?s=20&t=IKDgh4HHyKbvbg_rQcKWqA[/embed]
ޔާމީނާ ބައްދަލުކުރެއްވުމަށް ފަހު އަބްދުއް ރަހީމް ކުރެއްވި ޓްވީޓްުގައި ވިދާޅުވީ ޔާމީނު ހުންނެވީ ގަދަކޮށް ކަމަށެވެ.
ރައީސް ޔާމީނާ މިއަދު ބައްދަލުވި.ހުންނެވީ ފިސާރި ގަދަކޮަށް.ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް.އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް.މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް.ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް،" ޓްވީޓުގައި އަބްދުއް ރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ޔާމީނު ކަމަށް ވާތީ މިއަހަރުގެ ރިޔާސީ އިންތިހާބު ކައިރިވާ އިރު އެމަނިކުފާނު ޖަލުގައި ހުންނެވުމުން ޕީޕީއެމްޕީއެންސީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ރިޔާސީ އިންތިހާބު ބާއްވައިފި ނަަމަ އެ އިންތިހާބު ބަލައިނުގަންނާނެ ކަމަށް އެ ދެޕާޓީން ވަނީ ބުނެފަ އެވެ.
ޔާމީނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އިދިކޮޅުން ބުނި ނަމަ ނަމަވެސް އެކަމެއް އަދި ނުކުރެ އެވެ. ހުކުމެއް އިސްތިއުނާފުކުރަން ރާއްޖޭގައި އޮންނަނީ 60 ދުވަސް ކަމަށް ވާއިރު ޔާމީނަށް ހުކުމްކުރިތާ މިއަދަށް މިވީ 26 ދުވަހެވެ.
ޔާމީނާ ބައްދަލުކުރެއްވުމުގެ ފުރުސަތު އިދިކޮޅު ލީޑަރުންނަށް މިހާރުގެ ސަރުކާރުން ދިން އިރު، ޔާމީނުގެ ވެރިކަމުގައި އެކި ހުކުމްތައްްކޮށް ޖަލަށްލީ ސިޔާސީ ލީޑަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އޭރުގެ އިދިކޮޅު ފަރާތްތަކަށް އޭރުގެ ސަރުކާރުން ދީފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
