މާލެ: 31°C

އިދިކޮޅުގެ ޖަލްސާ އެއްވަގުތަކު ދިއުން؛ ރައީސް ސިފަކުރެއްވީ "މިނިވަންކަން ތަންމިނަށް" ކަމަށް!

January 4, 2023
2 ފަހަރު ބަލާފައި
އިދިކޮޅުގެ ޖަލްސާ އެއްވަގުތަކު ދިއުން؛ ރައީސް ސިފަކުރެއްވީ "މިނިވަންކަން ތަންމިނަށް" ކަމަށް!
އިދިކޮޅުގެ ޖަލްސާ އެއްވަގުތަކު ދިއުން؛ ރައީސް ސިފަކުރެއްވީ "މިނިވަންކަން ތަންމިނަށް" ކަމަށް!
އެމްޑީޕީ ހަރުގޭގައި އެޕާޓީގެ ޖަލްސާ ކުރިއަށް ގެންދަމުން ދާއިރު، އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް، އެމްޑީޕީ ހަރުގެ ކުރިމަތީ ކަހަލަ ގޮތަކަށް ކުރިއަށް ގެންދާކަމީ، މި ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުހެ ހައްގު ތަންމިނަށް ހުޅުވާލާފައިވާކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާދަކުރައްވާއިރު، މިރޭ އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާއަކީ "އެމްޑީޕީ ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕޭނު ލޯންޗުކުރުމަށް ބޭއްވި ޖަލްސާއެކެވެ. ރައީސް ސޯލިހް ވާހަކަފުޅު ދެއްކެވުމަށް ޕޯޑިއަމްއަށް އަރާވަޑާގަތުމާއެކު، އިދިކޮޅު ސަޕޯޓަރުން ގެންދެވީ ހަޅޭލަވައި، އެކި ގޮތް ގޮތުން ޖެއްސުން ކުރަމުންނެވެ. ރައީސްއަށް މައްލަވަކޮށް ފުރައްސާރަކުރުމުގެ އިތުރުން އެމަނިކުފާނުގެ އިސްތިއުފާއަށްވެސް ހަރު އަޑުން ގޮވަމުންނެވެ. އެކަމަށް މާ ބޮޑު ސަމާލުކަމެއް ރައީސް ނުބަހައްޓަވާ ރައީސް ހަނދާން އާކުރެއްވީ މާޒީގެ ބައެއް ސަފްހާތަކެވެ. އަދި ފާޅުކުރެއްވީ އޭރާއި މިހާރުގެ ބައެއް ޝުއޫރުތަކެވެ. "2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި އެދޭތެރޭގައި މި ރާއްޖެ، މި މާލޭގެ ހާލަތު ތިބޭފުޅުން ދެނިވަޑައިގަންނަވާނެ. ބިރުވެރިކަމާއި، ނާމާންކަމާއި، އުނދަގޫތަކާއި، އެތައް ބިރުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެން އުޅުނީ، އެހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިވަނީ 2018 ގައި ހަތަމްކޮށްފައި". ރައީސް ސޯލިހު ވިދާޅުވިއެވެ. ކުރީ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންގުޅުއްވި ސިޔާސަތަށް ރައީސް ސޯލިހް ފާޑުވިދާޅަވަމުން ރައީސް މިފަދައިން ވިދާޅުވި އެވެ. އަދި އިދިކޮޅު ޖަލްސާ ކުރިއަށް ގެންދިއުމަށް ސަރުކާރުން ފުރުސަތުދޭކަމީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން "ތަންމިނަށް ހުޅުވާލެވިފައިވާކަން" ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މިވަނީ ތަންމިނަށް ހުޅުވާލެވިފައި ، ޖެހިގެން މި އޮތީ، ކުރިއަށް ގެންދަނީ އެއޮށް،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަން ފެށުމާއި އެކު އިދިކޮޅު ސަޕޯޓަރުން ގެންދެވީ އެމަނިކުފާނަށް މައްލަވަކޮށް ފުރައްސާރަކުރަމުންނެވެ. އަދި އެމަނިކުފާނުގެ އިސްތިއުފާއަށް ހަރު އަޑުން ގޮވަމުންނެވެ. ނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ސަރުކާރުން އަޅާފައެއް ނުވެއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ސުލްހަ މަސަލަސްކަން ގާއިމް ކުރުން ކަމުގައި އެވެ. އަދި ހައްގުތައް ކަށަވަރުކޮށް، އަމާން މުޖްތަމައުއެއް ބިނާ ކުރުމަށް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ކުރައްވާނީ ހުރިހާ ރައްޔިތުންގެ އަޑުއައްސަވައިގެން ހުރިހާ ރައްޔިތުންގެ ހައްގުތައްވެސް ލިބޭކަން ކަށަވަރުކުރައްވައިގެން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ