މާލެ: 31°C

އައިޑީކާޑު ޔުނިޓްގެ ވެރިން އެތަނުގެ ތެރޭގައި ޕީއެންސީގެ ފޯމު ފުރިކަމަށް އިޢުތިރާފުވެފައިވާތީ، ޕީއެންސީން އިލެކްޝަންސް އަށް ހުށަހެޅި ފޯމުތައް ބާތިލްކުރަން ޖެހޭނެ: ފައްޔާޒް

January 21, 2025
193 ފަހަރު ބަލާފައި
އައިޑީކާޑު ޔުނިޓްގެ ވެރިން އެތަނުގެ ތެރޭގައި ޕީއެންސީގެ ފޯމު ފުރިކަމަށް އިޢުތިރާފުވެފައިވާތީ، ޕީއެންސީން އިލެކްޝަންސް އަށް ހުށަހެޅި ފޯމުތައް ބާތިލްކުރަން ޖެހޭނެ: ފައްޔާޒް
ޑީއެންއާރ ގެ ވެރިން އެތަނުގެ ތެރޭގައި ފޯމު ފުރިކަމަށް އިޢުތިރާފުވެފައިވާތީ، ޕީއެންސީން އިލެކްޝަންސް އަށް ހުށަހެޅި ފޯމުތައް ބާތިލްކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާޗަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ޑީއެންއާރުން ނޫސްވެރިން އެތަނަށް ގެންގޮސް އެތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ދައްކާލުމަށް ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވައި، ހޯމް މިނިސްޓްރީގެ އިސްވެރިން ފިލި ނަމަވެސް މިކަމުގެ ހަގީގަތް މިއޮތީ ހާމަވެފައި ކަމަށާއި، އެގޮތުން ޕީއެންސީއަށް ވަގު ފޯމު ފުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައިކަމަށާއި ދައުލަތުގެ މުދާ ބޭނުންކޮށްގެން، އެ ތަނުގެ މުވައްޒަފުން ކަމަށެވެ.

އަދި އިތުރަށް ފައްޔާޒް ގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ޕީއެންސީ އިން އީސީއަށް މިދިޔަ މުއްދަތުގައި ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ