މާލެ: 31°C

އައިޑީ ކާޑުގައި ހުޅުމާލެ ޖެހުމުގެ ބަދަލުގައި "ހމ" ޖަހަން ފަށަނީ

February 18, 2025
98 ފަހަރު ބަލާފައި
އައިޑީ ކާޑުގައި ހުޅުމާލެ ޖެހުމުގެ ބަދަލުގައި "ހމ" ޖަހަން ފަށަނީ
އައިޑީ ކާޑުތަކުގައި އެޑްރެސްގެ ގޮތުގައި ހުޅުމާލެ ލިޔުމުގެ ބަދަލުގައި ކުރުކޮށް ހމ. ޖަހަން ފަށަން ނިންމައިފި އެވެ.

އައިޑީ ކާޑުތަކުގައި އެޑްރެސްގެ ގޮތުގައި ހުޅުމާލެ ލިޔުމުގެ ބަދަލުގައި ކުރުކޮށް ހމ. ޖަހަން ފަށަން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ މާލޭގެ އެހެން އަވަށްތަކުގެ ނަން އައިޑީ ކާޑުގައި މިހާތަނަށް ވެސް ޖަހަމުން ގެންދިޔައީ ކުރުކޮށް އެ އަވަށެއްގެ ނަން ފެށޭ އަކުރު ނުވަތަ ފެށޭ ދެ އަކުރު ޖަހައިގެން ކަމަށެވެ.

އެހެންވެ އައިޑީކާޑުގައި ހުޅުމާލެ ލިޔާއިރު ވެސް އެ އުސޫލުން ކުރުކޮށް އަކުރު ހިމަނައިގެން ޖެހުމަށް އެދި މާލޭ ސިޓީ ކައުންސިލްއިން ސިޓީއަކުން ރަސްމީކޮށް ހުށަހަޅާފައިވާތީ ހުޅުމާލެ ޖެހުމުގެ ބަދަލުގައި "ހމ." އަދި އިނގިރޭސިން "HM" ޖަަހަން ނިންމާފައިވާ ކަމަށް ޑީއެންއާރުއިން ބުންޏެވެ.

ޑީއެންއާރުއިން އިތުރަށް ބުނީ އެ ބަދަލު ގެނަޔަސް ހުޅުމާލޭގެ ރައްޔިތުންނަށް ކުރިން ދޫކޮށްފައިވާ ކާޑުތައް މުއްދަތު ހަމަވަަންދެން ބޭނުން ކުރެވޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ