މާލެ: 31°C

އައިސް ޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލު ކުރަނީ

February 11, 2025
158 ފަހަރު ބަލާފައި
އައިސް ޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލު ކުރަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ އައިސްޕްލާންޓުތައް މި މަސް ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ނަގާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ އައިސް ޕްލާންޓުތައް މި މަސް ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ނަގާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޝިޔާމް ވަނީ ހާޒިރުކޮށްފަ އެވެ.

ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު އަބޫބަކުުރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގައި އައިސް ޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަކީ ދެރަ ކޮށް ދިމާވި ކަމެއް ކަމަށެވެ.

ފެނަކައިން އައިސް ޕްލާންޓުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ގިނަ އައިސް ޕްލާންޓުތަކުގެ އޮޕަރޭޝަންވެސް ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލަސްނުވެ އައިސް ޕްލާންޓްތައް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ކަމަށެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ