މާލެ: 31°C
އައިސީއޭއެމްގެ ސީއީއޯގެ މަގާމަށް އަންވަރު އައްޔަންކޮށްފި

އައިސީއޭއެމްގެ ސީއީއޯގެ މަގާމަށް އަންވަރު އައްޔަންކޮށްފި

May 2, 2024
3 ފަހަރު ބަލާފައި
އައިސީއޭއެމްގެ ސީއީއޯގެ މަގާމަށް އަންވަރު އައްޔަންކޮށްފި
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ސީއީއޯގެ މަގާމަށް އިބްރާހިމް އަންވަރު އައްޔަންކުރައްވައިފިއެވެ. އަންވަރަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމަ އެދާއިރާ އިން އޭނާ މާސްޓާސް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީންނެވެ. އޭނާ ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އައިލޭންޑްސް ބެވަރޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި މާލެ ވޯޓަ އެންޑް ސެވަރޭޖް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭގެ ކުރިން އަންވަރު ވަނީ އައިލޭންޑާސް ގްރޫޕްގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމާއި މާލޭ ވޯޓަ އެންޑް ސްވަރޭޖް ކުންފުނީގެ އޮޑިޓް އެންޑް ރެމިއުނަރޭޝަން ކޮމިޓީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވާފަ އެވެ. ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން މިދިޔަ ސަރުކާރުގައި އައިސީއޭއެމް އުފެއްދެވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ