
އިބުރާ ޓްވިޓަރގައި ނެގި ޕޯލުން ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރަނީ ޤާސިމް! ރައީސް ސޯލިހު އެންމެ ފުލަށް!
އިބުރާ ޓްވިޓަރގައި ނެގި ޕޯލުން ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރަނީ ޤާސިމް! ރައީސް ސޯލިހު އެންމެ ފުލަށް!
ލިޔުން:
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވަން ނިންމަވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ މަޤްބޫލް ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އިބުރާހިމް އިސްމާއިލް ކުރިއަށް ގެންދިޔަ ޕޯލް ބޮޑު ތަފާތަކުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ކާމިޔާބު ކުރައްވައިފިއެވެ.
ޓްވިޓަރގައި އިބުރާ ކުރިއަށް ގެންދިޔަ ޕޯލްގައި 14،387 މީހަކު ވޯޓު ދީފައިވެއެވެ. މި ޕޯލްގައި ވޯޓު ދިން މީހުންގެ 49 އިންސައްތަ މީހުން ބުނެފައިވަނީ އިންތިޚާބު ކާމިޔާބު ކުރާނީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށެވެ.
މިޕޯލްގެ ނަތީޖާ ދައްކާގޮތުން ޕޯލްގެ އެންމެ ފުލަށް ދިޔައީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެނޑިޑޭޓް އައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. މި ޕޯލްގެ ދެވަނަ ލިބުނީ 30 އިންސައްތަ ވޯޓާއިއެކު އެމްއެންޕީގެ ކެނޑިޑޭޓް ކާނަލް ނާޒިމަށެވެ. 12 އިންސައްތަ ވޯޓާއިއެކު އުމަރު ނަސީރު ތިންވަނައަށް ދިޔައިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބުނީ 9 އިންސައްތަ ވޯޓެވެ.
https://twitter.com/ibramandhu/status/1642506693702737921?s=46&t=cqtg17ye7teTI-23JY6cJw
ރިޔާސީ އިންތިޚާބު ގާތްވަމުންދާ ވަރަކަށް މިފަދަ ޕޯލްތަކާއި، ޚިޔާލް ހޯދުންތަކުގެ ދިރާސާތައް އެކި ބޭފުޅުން ދަނީ ކުރައްވަމުންނެވެ. ރާއްޖޭގެ ޓެލެގްރާމްގައި އެންމެ މަޝްހޫރު ޗެނަލް ކަމަށްވާ އެމްވީ ކްރައިސިސްއިން ކުރިއަށްގެންދިޔަ ޕޯލްވެސް ކާމިޔާބުކުރެއްވީ ޤާސިމް އިބްރާހިމެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
