މާލެ: 31°C

އައިއޭސީގެ ވޮލަންޓިއަރުން ތުރުކީގައި އެހީ ދިނުމުގައި އަވަދިނެތި!

February 13, 2023
2 ފަހަރު ބަލާފައި
އައިއޭސީގެ ވޮލަންޓިއަރުން ތުރުކީގައި އެހީ ދިނުމުގައި އަވަދިނެތި!
އައިއޭސީގެ ވޮލަންޓިއަރުން ތުރުކީގައި އެހީ ދިނުމުގައި އަވަދިނެތި!
ތުރުކީއަށާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުނަށްގެ ތެރެއިން 2،000 އަށްވުރެ ގިނަ މީހުންނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކައްކާފައިވާ ތާޒާ ހޫނު ކާނާ ފޯރުކޮށްދީފި އެވެ. މިމަހުގެ ހަވަނަ ދުވަހު އައި ބާރުގަދަ ދެ ބިން ހެލުމުގައި ތުރުކީ އަދި ސީރިޔާގައި މަރުވި މީހުންގެ އަދަދު ވަނީ 33،000 އަށް ވުރެ މަތިވެފަ އެވެ. އަދި ޒަޚަމްވީ މީހުންގެ ތަކުގެ އަދަދު ވަނީ 80،000 އަރާފަ އެވެ. [embed]https://twitter.com/IACMaldives/status/1624713418279358465?s=20&t=1iGJHMFvPJyMORa0shREDw[/embed] އައިއޭސީ އިން ބުނީ ދިވެހިންނަކީ އިންސާނީޔަތަށްޓަކައި މިފަދަ ކޮންމެ ކާރިސާއެއްގައި ނަމޫނާ ދައްކާ ބަޔަކަށް ވެފައި، މިހާރު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ މުހިންމު އެއް ކަމަކީ ބަނޑުހައިހޫނު ކަމުން ސަލާމަތް ކުރުމަށްޓަކައި ކާބޯތަކެތި ތައްޔާރުކޮށް ހޫނު ކޮށް ތާޒާކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. ތުރުކީ އަދި ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އައިއޭސީގެ ޓީމެއް ގުޅިގެން ހަރަކާތްތެރި ވަމުންދާއިރު، ކިލިސް ގައި ހުންނަ ޕާޓްނާ ޖަމިއްޔާ ކަމަށްވާ އީހާހާ ގެ ލޮޖިސްޓިކް ސެންޓަރުގައި ތިބި ފަާރާތްތަކަށްވެސްް މިއަދު ޓީމުން ދަނީ ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވަމުންނެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް؛

ބީއެމްއެލް އިސްލާމިކް
  • އެކައުންޓް ނަމްބަރު: 7770000062741
  • އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
  • އެކައުންޓް ލޭބަލް: IAC | EMERGENCY
[embed]https://twitter.com/Axhadh/status/1624732448683888640?s=20&t=1iGJHMFvPJyMORa0shREDw[/embed] ތުރުކީ އަދި ސީރިއާގެ އެތަށް ހާސް ބައެއްގެ މުޅި ހަޔާތް ބަދަލުވެގެން ގޮސް، އަައިލަާއަށް ވީނުވީ ނޭންގި، ދަންނަ ނުދަންނަ ކޮންމެ މީހަކު މިއަދު އެހީތެރިއަކަށް ވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެހީ އެންމެ ބޭނުންވެފައިވާ މި ދެ ގައުމަށް އަހަރެމެން ދިވެހީންގެ ފަރާތުން އެހީ ފޯރުކޮށް ދިނުމުން އަންގައިދެނީ ދިވެހިންގެ މެދުގައި މިކަމަށް ޖޯޝާއި އިންސާނިއްޔަތުކަން އޮތްކަމެވެ. [embed]https://twitter.com/IACMaldives/status/1624385316667940864?s=20&t=1iGJHMFvPJyMORa0shREDw[/embed] އައިއޭސީ އިން މީގެ ކުރިން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ. އެ ގޮތުން ޔަމަން އާއި ފަލަސްތީނާއި، ސްރީލަންކާގެ ރައްޔިތުންނަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އެއިޑް ކެމްޕެއިން މެދުވެރިކޮށް އެހީ ފޯރުކޮށް ދިނުމުގައި ބައިވެރިވާން ބޭނުންވާ ދިވެހިންނަށް ފުރުސަތު ހުޅުވާލައެވެ. އަދި ކޮންމެ ފަހަރަކުވެސް އެތައް ބައިވަރު ދިވެހިން ވަނީ އެހީ ދިނުމުގައި ބައިވެރިވެފައެވެ. [embed]https://twitter.com/IACMaldives/status/1624780225975574528?s=20&t=1iGJHMFvPJyMORa0shREDw[/embed]    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ