
ހުވަދޫ އަތޮޅުގައި އާރްޓީއެލްގެ ފެރީތައް ފަށައިފި
ހުވަދޫ އަތޮޅުގައި އާރްޓީއެލްގެ ފެރީތައް ފަށައިފި
ލިޔުން:
އެމްޓީސީސީން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ހިދުމަތް ހުވަދޫ އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ގދ. ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާރްޓީއެލް ފެރީގެ ހިދުމަތް ހުވަދު އަތޮޅަށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.
އެމްޓީސީސީން ބުނީ މި ހިދުމަތް މިއަދުން ފެށިގެން އެއް ހަފުތާއަށް ރައްޔިތުނަށް ތަޖުރިބާ ކޮށްލަން ފުރުސަތު ދިނުމުގެ ގޮތުން ފެރީގެ ދަތުރުތައް ކޮށްދޭނީ ހިލޭ ކަމަށެވެ. އެގޮތުން އެ މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް ގުޅަން ޖެހޭނީ އެރަށެއްގެ ކައުންސިލަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި ފެރީގެ ހިދުމަތްތަކަށް ފައިސާ ނަގަން ފަށާނީ މިަހުގެ 20 ފެށިގެން ކަމަށާއި ފެރީ ޝެޑިއުލް އަދި ރޫޓުތައް އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓްވެސް ނެގޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
https://twitter.com/MTCCPlc/status/1679377766729551875?s=20
ޖުމްލަ 6 ފެރީ ލޯންޗާއި އެކު ހުވަދޫގައި ފެށި މި ހިދުމަތް ހަފުތާއަކު ހަތް ދުވަހު، ނުވަ ރޫޓަކުން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ގ.އ އަދި ގ.ދ އާއިއެކު އާރްޓީއެލްގެ މި ހިދުމަތް 6 އަތޮޅެއްގައި މިވަނީ ފެށިފައެވެ. އެއީ ހއ، ހދ، ށ އަދި ޅ. އަތޮޅު ގައެވެ.
އެމްޓީސީން ބުނެފައިވާ ގޮތުގައި ފެރީ ނިޒާމުގެ ދަށުން ޒޯން ހައެއްގައި ހިމެނޭ ފުވައްމުލައް އަދި އައްޑޫ، އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ހުވަދޫއާ ގުޅުވާލާނެއެވެ.
ފެރީގެ ހިދުމަތް ރައީސް ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ 2022 ވަނަ އަހަރުގެ މެއި މަހުގައެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްތަކެއް ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އާރްޓިއެލް އިން އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
