
ހުތުބާ ގައި ބަޔާން ކޮށްފައިވާ ބައެއް ވާހަކަ ތަކަކީ ސައްހަ ވާހަކަތަކެއް ނޫން: ޑރ. ޝަހީމް
ހުތުބާ ގައި ބަޔާން ކޮށްފައިވާ ބައެއް ވާހަކަ ތަކަކީ ސައްހަ ވާހަކަތަކެއް ނޫން: ޑރ. ޝަހީމް
ލިޔުން:
މިއަދުގެ ހުކުރު ހުތުބާގައި ގެނެސްފައިވާ އެއްބައި ވާހަކަ ތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިފަދައިން ވިދާޅުވީ މިއަދުގެ ހުކުރު ހުތުބާގައި "އާޝޫރާ ދުވަހުގެ މާތްކަން" މި މައުލޫގައި ސައްހަ ނޫން ހަދީސެއް ހިމަނާފައިވާތީ އެކަަމާ ކަންބޮޑުވުން ފާޅު ކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓް އެއްގައެވެ.
ޕޯޓްގައި ޝަހީމް ވިދާޅުވީ، އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވަނީ އެއީ މޫސާގެފާނު ފިރުއައުނު ކިބައިން ސަލާމަތްވި ދުވަސްކަމުގަ ކަމަށާއި، އެނޫން ނަބީބޭކަަލުންނާ އެދުވަހާ ގުޅުވައިގެން ބައެއް ފޮތްތަކުގައި އައިސްފައިވާ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވާ ވާހަކަ ތަކަކީ ސްއްހަ ވާހަކަ ތަކެއްނޫން ކަމަށެވެ.
މީގެ އިތުރުން ވެސް ބައެއް އިލްމުވެރީން މިކަމަށް ކަންބޮޑުވުން ފާޅު ކުރައްވައިފައިވެއެވެ. އެގޮތުން ކުރީގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވެސް ވަނީ ހުތުބާ ލިޔުއްވީ ކޮން ބޭފުޅެއްތޯ އައްސަވައި ސުވާލުކުރައްވައިފައެވެ.
އަދި ޝެއިޚް ޒަމްޒަމް ފާރިސް ވަނީ ހުތުބާގައި އެކަންކަން ރަނގަޅު ކުރަން ބޭނުން ނަމަ ހުތުބާ ލިޔާ މީހާ އަކީ ކޮބައިކަން ހާމަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
