މާލެ: 31°C
"ހުރިހާބިހެއް އެއް ގޮށްޓަކަށް ނުލަމާތޯ؟" އިސްލާމިކް ބޭންކުގެ މާކެޓިން ޕޯސްޓުގައި އެބުނަނީ ބޭންކް އޮފް މޯލްޑިވްސް ގެ ވާހަކަތަ؟

"ހުރިހާބިހެއް އެއް ގޮށްޓަކަށް ނުލަމާތޯ؟" އިސްލާމިކް ބޭންކުގެ މާކެޓިން ޕޯސްޓުގައި އެބުނަނީ ބޭންކް އޮފް މޯލްޑިވްސް ގެ ވާހަކަތަ؟

August 9, 2024
3 ފަހަރު ބަލާފައި
"ހުރިހާބިހެއް އެއް ގޮށްޓަކަށް ނުލަމާތޯ؟" އިސްލާމިކް ބޭންކުގެ މާކެޓިން ޕޯސްޓުގައި އެބުނަނީ ބޭންކް އޮފް މޯލްޑިވްސް ގެ ވާހަކަތަ؟
މޯލްޑިވްސް އިސްލާމިކު ބޭންކުގެ ޕާސަނަލް އެކައުންޓާއި ޑިޖިޓަލް ބިޒްނަސް އެކައުންޓް ހުޅުވުމަށް ހިތްވަރު ދިނުމަށްޓަކއި އެބޭންކުން އެކްސް ގައި ޕޯސްޓް ކޮސްފައިވާ މާކެޓިން ޕޯސްޓަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޙިދުމަތްތަކަށް ވަރަށްބޮޑެތި ބުރޫތަކެއްއަރަކައި އާއްމު ރައްޔިތުންނާއި ވިޔާފާރިތަކަށް ބޮޑެތި ދަތިޔަކެއް ކުރިމަތިވަމުން ދާ ދުވަސްވަރެއްގައި އިސްލާމިކު ބޭންކުން އެކްސް ގައި ކޮށްފައިވާ "ހުރިހާ ބިިހެއް ގޮށްޓަކަށް ނުލަމާތޯ؟" ޕޯސްޓަކީ ބޭންކް އޮފް މޯލްޑިވްސް އަށް ނުސިދާކޮށް ދިފާއިވާ މާކެޓިންގ ހަމަލާއެއްކަމަށް މީސްމީޑިއާގައި ބައެއްފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޙިދުމަތް މެދުނުކެނޑި ހޯދުމަށް އިތުރު ފުރުސަތުތައް ރާއްޖޭގައި މިހާރު އެބަހުރިކަމަށް އެ ޕޯސްޓުން ބުނެދޭކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. މޯލްޑިވްސް އިސްލާމިކު ބޭންކުގެ ޙިދުމަތް ދިވެހި ރާއްޖޭގައި ފެށުމުގެ ކުރިން ގިނަ ދިވެހިންގ ޕާސަނަލް އެކައުންޓުތައް ހުޅުވާފައިހުންނަނީ ބޭންކް އޮފް މޯލްޑިވްސް ގައެވެ. 2011 ވަނަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޙިދުމަތް ފެށުމާއެކު ދިވެހިންނަށްވަނީ ޕާސަނަލް ބޭންކިންގެ ހިދުމަތް ލިބޭނެ އިތުރު ބޭންކެއް ހުރުމުން ބޭނުން ބޭންކެއް ހިޔާރުކުރުމުގެ ފުރުސަތު ލިބިފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ