
"ހުރަވީ" ގެ ބަދަލުގައި އިންޑިއާއިން ދިން އުޅަނދު ކޮމިޝަންކޮށްފި
"ހުރަވީ" ގެ ބަދަލުގައި އިންޑިއާއިން ދިން އުޅަނދު ކޮމިޝަންކޮށްފި
ލިޔުން:
އެމްއެންޑީއެފް ކޯސްޓްގާރޑު "ޝިޕް ހުރަވީ" ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން އުޅަނދު ރަސްމީކޮށް ރާއްޖެއާއި ހަވާލުކޮށް ކޮމިޝަންކޮށްފިއެވެ.
މި އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާރޑު ޝިޕް ހުރަވީ ވަނީ ޑީކޮމިޝަން ވެފައެވެ.
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި އޯފްޝޯ ޕެޓްރޯލް ވެސަލް، ކޮމިޝަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި އެއުޅަނދު ކޮމިޝަން ކޮށްދެއްވީ ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އެރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ އިތުރުން ސިފައިންގެ އިސްބޭފުޅުންނާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަޙައްދުގައެވެ.
މިއަދު ހިދުމަތަށް ނެރުނުު އެ އުޅަނދުގެ ނަމަކީ "ސީޖީއެސް ހުރަވީ" އެވެ.
މިއަދުގެ ރަސްމިއްޔާތުގައި "ސީޖީއެސް ހުރަވީ" ގެ އިތުރުން އިންޑިއާ އިން ދިން ލޭންޑިން ކްރާފްޓް ދިވެހި ސަރުކާރާއި ހަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު އަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އެރުވިއެވެ.
އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ގާބިލްކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާއީ އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާމަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ބުންޏެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
