މާލެ: 31°C

ހުމާމް މަރަން ކުރި ހުކުމް ސުޕްރިމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި

ހުމާމް މަރަން ކުރި ހުކުމް ސުޕްރިމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި
May 7, 2023
2 ފަހަރު ބަލާފައި
ހުމާމް މަރަން ކުރި ހުކުމް ސުޕްރިމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި
ކުރީގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ/ ހުސައިން ހުމާމް އަހުމަދު، އޭނާއަށް ކޮށްފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ. 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ކަތިވަޅިއަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ،  ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ހުމާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް 2016 ވަނަ އަހަރު ވަނީ ދަމަހައްޓައިފަ އެވެ. ހުމާހުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް މިދިޔަ މަހުގެ ތެރޭގައި ސުޕްރީމްކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް އެ މީހާގެ މައްޗަށް އޮތީ ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ