މާލެ: 31°C

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓުތައް ރައީސް ބައްލަވައިލައްވައިފި

January 20, 2023
2 ފަހަރު ބަލާފައި
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓުތައް ރައީސް ބައްލަވައިލައްވައިފި
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓުތައް ރައީސް ބައްލަވައިލައްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ބައްލަވައިލައްވައިފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ފުރަތަމަ 13 ޓަވަރު މިއަހަރުގެ އޮގަސްޓް މަހު ނިންމާ އެތަންތަނައް މީހުންނަށް ވަދެވޭނެ ކަމުގައި އެކޯޕަރޭޝަނުން ބުނެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެފްޑީސީއިން ހައުސިން ޔުނިޓު އެޅުމަށް 18 ބުރީގެ 32 ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ފުލެޓުތައް އެޅުމަ ހަވާލުކޮށްފައިވަނީ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި އާއި ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެފްޑީސީއިން މިދެކުންފުންޔައް ވަނީ 16 ޓަވަރު އެޅުމަށް ހަވާލު ކޮށްފައެވެ. އިމާރާތް ކުރެވޭ ޓަވަރުތަކުގައި އެޅުމަށް ހަމަޖެހިފައިވަނީ  3 ކޮޓަރީގެ 1400 ފްލެޓާއި 2 ކޮޓަރީގެ 600 ފުލެޓެވެ. މި ފުލެޓުތަކުގެ ބޮޑުމިނުގައި ހުންނާނީ ތިން ކޮޓަރީގެ ފްލެޓުތަކުގައި 900 އަކަފޫޓެވެ. އަދި ދެ ކޮޓަރީގެ ފްލެޓުތަކުގައި 650 އަކަފޫޓު ހުންނާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ