މާލެ: 31°C

ހުޅުމީދޫ ޗަސްބިމުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލެވިއްޖެ: އެމްއެންޑީއެފް

January 25, 2025
400 ފަހަރު ބަލާފައި
ހުޅުމީދޫ ޗަސްބިމުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލެވިއްޖެ: އެމްއެންޑީއެފް
އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލެވިއްޖެކަމަށް  އެމްއެންޑީއެފް އިން ބުނެފިއެވެ.

އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލެވިއްޖެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫސިޓީ ހުޅުމީދޫ ޗަސްބިމުގައި ރޯވި ބޮޑު އަލިފާންގަނޑު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް އާއި ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު ނިއްވާލެވިފައިވާކަމަށާއި، ބޮޑު ސަރަހައްދަކަށް ފެތުރުނު އަލިފާންގަނޑު ނިއްވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، އެ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި އަދި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް އެއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:30 ހާއިރު ކަމަށާއި އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައި ކަމަށާއި، މިގޮތުން، ފަޔަރ ފައިޓަރުން ނާއި ފުލުހުންނާއި ކައުންސިލް އަދި އާއްމުރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 20:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ