މާލެ: 31°C
ހުޅުމާލޭގެ ބޮޑު އާބާދީއަށް އިތުރު ހޮސްޕިޓަލެއް އަޅަންޖެހޭ: ރައީސް

ހުޅުމާލޭގެ ބޮޑު އާބާދީއަށް އިތުރު ހޮސްޕިޓަލެއް އަޅަންޖެހޭ: ރައީސް

February 27, 2024
3 ފަހަރު ބަލާފައި
ހުޅުމާލޭގެ ބޮޑު އާބާދީއަށް އިތުރު ހޮސްޕިޓަލެއް އަޅަންޖެހޭ: ރައީސް
ހުޅުމާލޭގައި ގާތްގަނޑަކަށް ލައްކައެއްހާ މީހުންގެ އާބާދީއަކަށް ސިއްހީ ނިޒާމުގެ ހިދުމަތް ވަރުގަދަ ކުރުމަށް އިތުރު ހޮސްޕިޓަލެއް ގާއިމުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ހުޅުމާލޭގައި ސިއްހީ ހިދުމަތް ލިބިގަތުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ މާލެސިޓީގެ ސިއްހީ ނިޒާމުގެ ހިދުމަތް ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި ދަރުމަންވަންތަ ހޮސްޕިޓަލާއި ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި އައިޖީއެމްއެޗާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. "ހުޅުމާލެ ހޮސްޕިޓަލްގައި ދެންމެ ތި ވިދާޅުވި ކަންކަން ހައްލުވެގެންދާނެ. އެހާ ގިނަ މީހުންނަށް ހިދުމަތްދޭއިރު ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ. އަދި އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭ،." ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައިފައެވެ. ރައީސް މީގެ ކުރިން ވަނީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސްވެސް އެނގޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ