މާލެ: 31°C
ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

April 26, 2024
3 ފަހަރު ބަލާފައި
ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ
ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ދިރާގު އޮފީސް ކައިރިން މިރޭ 9:30 ގައި ކަމަށެވެ. އެއީ ނިރޮޅުމަގު، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ކައިރިއެވެ. https://twitter.com/MNDF_Official/status/1783791250543718449 މި ހަރަކާތަކީ ސިފްކޯ އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެފައި ވީ ނަމަވެސް ހަވާ އަރުވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ބުނެފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓެއްހާ އިރަށެވެ. މިދިޔަ ހޯމަ ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ވެސް ވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހަވާ އަރުވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ