
ހުޅުމާލޭގައި ހޮޅުއަށި މައިޒާނެއް ހުޅުވައިފި
ހުޅުމާލޭގައި ހޮޅުއަށި މައިޒާނެއް ހުޅުވައިފި
ލިޔުން:
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހޮޅުއަށި މައިޒާނެއް ހުޅުވައިފި އެވެ.
އެޗްޑީސީ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެއީ ކުޅިވަރާއި، ސަގާފަތާއި އެކުވެރިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ކޮމިއުނިޓީ ޑްރައިވް ޕޮކެޓް ޕާކެއް ކަމަށެވެ. އަދި އެ ޕާކު ހުޅުވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.
[embed]https://twitter.com/hdcmaldives/status/1640779611129929728?s=20[/embed]
އެ ޕާކުގެ މައިގަނޑު މަގްސަދަކީ ފާރުތަކުގައި ކުރެހުންތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ސަގާފަތް ތަމްސީލުކޮށްދިނުމާއި މުޖްތަމައު މިކަމަށް ހޭލުންތެރިކުރުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން ބުނީ އެ ޕާކް ގެ ސަބަބުން އެންމެންނަށް ވެސް އުފާވެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށާއި އެ މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި 704 ކޮމިއުނިޓީން ދެއްވި އަގުހުރި އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
