
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
ލިޔުން:
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 8:51 ހާއިރު، އެކަމާ ގުޅިގެން ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިންގުމާއި ދުނބުރިގަސް މަގު ގުޅުނު ކަންމަތިން ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ޒުވާނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، މިހާރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓް ހިނގި ދުވަހު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގެ މެދުގައި ސައިކަލް ޖެހިފައިވާއިރު އެ ދިމާލުން ބަހުގެ ބިއްލޫރިގަނޑު ވެސް ވަނީ ފުނޑުފުނޑުވެފައެވެ. އަދި އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
