
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ލިޔުން:
ހުޅުމާލެ ފޭސް 2 އަށް އަރާ ބްރިޖު ކައިރީގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ. އަދި އެވަގުތު ކާރުގައި އިނީ އޭނާ އެކަނި ކަމަށް ވެސް އެނގިފައިވެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ހިތިގަސް މަގު ޕްލެޓިނަމް ކައިރީގައި ދެ ކާރެއް ޖެހި، ކޮންޓްރޯލް ނުވެ ގޮސް ޑިވިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އިއްޔެ ހަވީރު 5:47 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވީ އަނެއް ކާރުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއްކަން ސާފެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އާންްމުވެފައިވާ ވީޑިއޯގައި ފެންނަގޮތުން، އެ އެކްސިޑެންޓް ހިނގާފައި ވާ ސަރަހައްދުގައި މަގުގެ ދެ ލޭން ވަކި ކުރުމަށް ޖަހާފައިވާ ހޮޅިތައް [ޑިވައިޑަރު] ގައި ކަޅު ކުލައިގެ އަވަސް ރައިޑްގެ ޓެކްސީ ޖެހިފައިވާއިރު، އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
