
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވިި ޒުވާނާގެ ހާލު ސީރިއަސް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވިި ޒުވާނާގެ ހާލު ސީރިއަސް
ލިޔުން:
އިއްޔެ ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 20 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ނިޔާވެފައިވާ ކަމަށް މީސް މީޑިއާތަކުގައި ހަބަރު ފެތުރިފައިވީ ނަމަވެސް ފުލުހުން އެކަން ދޮގުކޮށް ބުނީ އޭނާ ނިޔާނުވާ ކަމަށެވެ. އެހެންނަމަވެސް އެނާގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ހަވީރު 15:17 ކަންހާއިރު އެ އެކްސިޑެންޓް ހިނގީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.
އެ އެކްސިޑެންޓްގައި އެޒުވާނާގެ ބޯ ފަޅައިގެންގޮސް ގިނައަދަދެއްގެ ލޭ މަގުމަތީގައި ހުރިކަމަށް އެސަރަހައްދުގައި ހުރި މީހަކު މައުލޫމާތުދިނެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
