
ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް
ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް
ލިޔުން:
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:51 ހާއިރު، އެކަމާ ގުޅިގެން ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިންގުމާއި ދުނބުރިގަސް މަގު ގުޅުނު ކަންމަތިން ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ޒުވާނާ އަށް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ނަމަވެސް ޒުވާނާ އަށް ލިބިފައިވާ ސީރިއަސް އަނިޔާތަކުގެ ސަބަބުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގެ މެދުގައި ސައިކަލް ޖެހިފައިވާއިރު އެ ދިމާލުން ބަހުގެ ބިއްލޫރިގަނޑު ވެސް ވަނީ ފުނޑުފުނޑުވެފައެވެ.
ފަހަކަށް އައިސް ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ސިނަމާލެ ބްރިޖުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގައި، ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ. މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އާބަންކޯއިން ވަނީ ދެވަނަ ފިޔަވަހީގައި ޓްރެފިކް ލައިޓްތަކެއް ހަރުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
