މާލެ: 31°C
އެމްއެމްއޭއަށް ބިން ވިއްކަން، ހުޅުމާލެ އާބަން އައިލެންޑުން ވިއްކާފަހުރި ބިންތައް އަތުލަނީ

އެމްއެމްއޭއަށް ބިން ވިއްކަން، ހުޅުމާލެ އާބަން އައިލެންޑުން ވިއްކާފަހުރި ބިންތައް އަތުލަނީ

8 ޖުލައި 2025
586 ފަހަރު ބަލާފައި
އެމްއެމްއޭއަށް ބިން ވިއްކަން ހުޅުމާލެ އާބަން އައިލެންޑުން ވިއްކާފަހުރި ބިންތައް އަތުލުމަށް މަސައްކަތް ކުރަމުންއަންނަ ކަމަށް ހުޅުމާލެ އާބަން އައިލެންޑުން ބިންގަނެފަތިބި ފަރާތްތަކުން ބުނެފިއެވެ.

އެމްއެމްއޭއަށް ބިން ވިއްކަން ހުޅުމާލެ އާބަން އައިލެންޑުން ވިއްކާފަހުރި ބިންތައް އަތުލުމަށް މަސައްކަތް ކުރަމުންއަންނަ ކަމަށް ހުޅުމާލެ އާބަން އައިލެންޑުން ބިންގަނެފަތިބި ފަރާތްތަކުން ބުނެފިއެވެ.

ހުޅުމާލެ އެންމެ އުތުރުން ފޭސް 2 އާއި މިހާރު ވަކި ކޮށްފައިވާ އާބަން އައިލެންޓަކީ ތޫރިޒަމް ބޭނުންތަކަށް ގިނަ ފަރާތްތަކަކަށް ބިންތައް ވިއްކާފައިވާ ތަނެކެވެ. އެ ތަނުން ބިންތައް ގަނެފައިވާ ބައެއް ފަރާތްތަކަކީ ބޭންކުން ބޮޑެތި ލޯނުތައް ނަގައިގެން އެޗްޑީއަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާފައިވާ ފަރާތްތަކެވެ. 

ހުޅުމާލެ އާބަން އައިލެންޑުން ބިންގަނެފައިވާ ފަރާތަކުން މިނިވަންއާއި ވާހަކަދައްކަމުން ބުނީ އެފަރާތުން އާބަން އައިލެންޑުން ގަނެފައިވާ ބިމަށް 5 ވަރަކަށް މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށާއި ނަމަވެސް އެފަރާތް ބަންޑާރަނައިބުގެ އޮފީހަށް ހާޒިރުކޮށް އާބަން އައިލެންޑުން ގަނެފައިވާ ބިން ދޫކޮށްލަން ރިކުއެސްޓް ކޮށްފައިވާ ކަމަށެވެ.

އެފަރާތުން ބުނީ އެދުވަހުގެ މީޓިންގ އަށް އާބަން އައިލެންޑުން ބިންގަނެފައިވާ ގިނަ ފަރާތްތަކެއް ބަންޑާރަނައިބުގެ އޮފީހަށް ހާޒިރުކޮށްފައި ތިބި ކަމަށާއި އެ ފަރާތްތަކަށް އިތުރު އޮޕްޝަނެއް ނުދީ ބުނެފައިވަނީ ދައުލަތުގެ ބޭނުމަށް އެ ބިންތައް ނަގަން ޖެހޭ ކަމަށެވެ.

އެ ބައްދަލުވުމަށް ދިޔަ ބިންގަނެފައިވާ ފަރާތަކުން ބުނީ އެގޮތަށް ބިންތައް ދައުލަތަށް ނަގާނަމަ އަމަލުކުރާނީ ކިހިނެއްތޯ އެހުމުން ގިނަ ފަރާތްތަކުން ކޯޓަށް ދާނެކަމަށް ބުނެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ބިންތައް ހުސްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ އެމްއެމްއޭ އިން ގިނަ އަދަދެއްގެ ފައިސާ އެޗްޑީއަށް ހޯދުމަށްޓަކައި އެމްއެމްއޭ އަށް ދޭނެ ބިންހުސްކުރުމަށްޓަކައެވެ.

ބިންގަނެފައިވާ ފަރާތަކުން ބުނީ އެފަރާތުން ބިންގަނެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެފަދަގޮތަކަށް ކުއްލިއަކަށް ބިން އަތުލުމަކީ އެފަރާތްތަކަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމެއް ކަމަށާއި، އަދި ބިންގަތުމަށް ބޭންކުން ނަގާފައިވާ ލޯނުގެ އީއެމްއައި އާއި އޮޕޮޗުނިޓީ ކޯސްޓަށް ވެސް ރިޔާއަތްކުރަންޖެހޭނެ ކަމަށެވެ.

އަދި މިފަދަ ގޮތަކަށް އާންމު ވިޔަފާރިވެރިންގެ ވިޔާފާރިތަކަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި ހަމައެކަނި ދައުލަތުން ކުރަންބޭނުންވާ ކަމެއް ކުރަންވީމަ ހަމައެއް ލަމައެއްނެތި އެގޮތަށް އެކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައިވެސް އެފަރާތުން ފާހަގަކުރިއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ