މާލެ: 31°C

ހުޅުމާލެ އުމަރު ޒާހިރު އޮފީސް ބިލްޑިން ރަސްމީކޮށް ހުޅުވައިފި

February 15, 2023
2 ފަހަރު ބަލާފައި
ހުޅުމާލެ އުމަރު ޒާހިރު އޮފީސް ބިލްޑިން ރަސްމީކޮށް ހުޅުވައިފި
ހުޅުމާލެ އުމަރު ޒާހިރު އޮފީސް ބިލްޑިން ރަސްމީކޮށް ހުޅުވައިފި
ހުޅުމާލޭގައި އިމާރާތްކުރި، ސަރުކާރުގެ އޮފީސް އިމާރާތް ރައިސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވާދެއްވައިފިއެވެ. "އުމަރުު ޒާހިރު އޮފީސް ބިލްޑިން" ގެ ނަމުން ނަންދީފައިވާ މި އިމާރާތް ރައީސް ހުޅުވާދެއްވީ މިއަދު އެއިމާރާތުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް އަޅަން ސަރުކާރުން ނިންމީ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރު ނިންމެވުމާ ގުޅިގެންނެވެ.

އެ އިމާރާތް އެޅީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެތަނުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން މައުލޫމާތު ދީފައިވެ އެެވެ.

މިީ އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވާ ގޮތަކީ :-
  • ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އަށް ހާއްސަ
  • ދެވަނަ ފަންގިފިލާ - ޖެންޑާ މިނިސްޓްރީ
  • ތިންވަނަ ފަންގިފިލާ - ޓްރާންސްޕޯޓް މިނިސްޓްރީ
  • ހަތަރުވަނަ ފަންގިފިލާ - އެމެރިކާ އެމްބަސީ
  • ފަސްވަނަ ފަންގިފިލާ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
  • ހަވަނަ ފަންގިފިލާ - މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް
މިހާރު އެއޮފީސްތައް މި ހުޅުވި އިމާރާތަށް ވަނީ ބަދަލުކުރެވިފައެވެ. އިމާރާތް ނުހުޅުވި ލަސްވެގެންދިޔައީ ބައެއް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ލަސްވާތީ ކަމުގައި ޕްލޭނިން މިނިސްޓްރީއިން ކުރިން ބުނެފައިވެއެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ