މާލެ: 31°C
ހުޅުމާލޭ ސަހަރާއިން ފެން ނުހިނދޭތީ، މީހުން ވަޅުލުން ވަގުތީ ގޮތުން އާ ސަހަރާއަށް ބަދަލުކޮށްފި

ހުޅުމާލޭ ސަހަރާއިން ފެން ނުހިނދޭތީ، މީހުން ވަޅުލުން ވަގުތީ ގޮތުން އާ ސަހަރާއަށް ބަދަލުކޮށްފި

January 3, 2024
2 ފަހަރު ބަލާފައި
ހުޅުމާލޭ ސަހަރާއިން ފެން ނުހިނދޭތީ، މީހުން ވަޅުލުން ވަގުތީ ގޮތުން އާ ސަހަރާއަށް ބަދަލުކޮށްފި
މިދިޔަ ހަފުތާ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން، ހުޅުމާލެ ސަހަރާގެ ބިމު އަޑީގައި ހެދިފައިވާ ފެންގަނޑު އަދިވެސް ނުހިނދޭތީ މާލެ ސަރަހައްދުން މަރުވާ މީހުން ވަޅުލުން އާ ސަހަރާއަށް ބަދަލުކޮށްފި އެވެ. ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މީހުން ވަޅުލުމަށްޓަކައި ދެ ފޫޓާއި ތިން ފޫޓަށް ކޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް، މި ވަގުތު ހުޅުމާލޭ ސަހަރާގައި އެއް ފޫޓު އަޑިއަށް ކޮންނަ ހިސާބުން، މައްޗަށް ފެންގަނޑު އަރާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުވާން ހަފުތާއެއްހާ ދުވަސް ނަގާނެތީ އެކަން ހައްލުވަންދެން މީހުން ވަޅުލާނީ އާ ސަހަރާގައި ކަމަށެވެ. އެހެން ނަމަވެސް މައްޔިތާގެ މޫނު ދެއްކުން ކުރިއަށް ދާނީ ހުޅުމާލޭ ސަހަރާގައި ކަމަށް ވިދާޅުވިއެވެ. އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމާތު ކުރަން ހަވާލުކުރި ކޮންޓްރެކްޓަރަށް އެ މަސައްކަތުގެ އަގުގެ ތެރެއިން 3.9 މިލިއަން ރުފިޔާ ވެސް ދީފައި ވަނިކޮށް، މަސައްކަތުގެ މެދު ތެރެއިން ކޮންޓްރެކްޓް ވަނީ ބާތިލު ކޮށްލާފައެވެ.ޢ މި ފަހުން ސިޓީ ކައުންސިލުން ބުނި ގޮތުގައި އާ ސަހަރާގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް އަލުން ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރެ އާއި އާދިއްތަ ދުވަހު ހުއްޓާނުލައި ވާރޭ ވަހުމުގެ ސަބަބުން ހުޅުމާލޭ ސަހަރާގައި ފެންބޮޑުވެ، މައްޔިތުން ވަޅުލުމަށާއި ޖަނާޒާ ބޭއްވުމަށް ދަތިތަކެއް ވެސް ކުރިމަތިވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ