ހުޅުމާލެ ސާފުކުރުމުގެ ބޮޑު އިވެންޓެއް ހޮނިހިރު ދުވަހު

ހުޅުމާލެ ސާފުކުރުމުގެ ބޮޑު އިވެންޓެއް ހޮނިހިރު ދުވަހު
ލިޔުން:
ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅިގެން އާބަންކޯއިން އިފްތިތާހުކޮށްފައިވާ "ދުނިޔެ މަގޭ ކެމްޕޭން" ގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
އާބަންކޯ އިން ބުނީ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވާ ހިނިހިރު ދުވަހުގައި ކަމަށެވެ.
މި މަހުގެ ފަސް ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހަށްވީއިރު، އިއްޔެ ވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަމާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
މި އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުންނެވެ. ހުޅުމާލޭގެ ޖުމްލަ 7 ސަރަހައްދެއް ސާފުކުރާގޮތަށް ރާވާފައިވާ މި އިވެންޓްގައި، ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ވެސް ހިމެނެއެވެ. އަދި މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެން ކަމަށް އަރބަންކޯއިން ބުނެއެވެ. މީގެ އިރުތަށް، 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައިކަން އަރބަންކޯއިން ހާމަކޮއްފައިވެއެވެ.
އާބަންކޯ އިން ބުނި ގޮތުގައި މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދިޔުން ކަމަށް އަރބަނކޯއިން ބުނެފައިވެއެވެ. އެގޮތުން އަރބަންކޯއިން ބުނީ މި ކެމްޕޭންގެ ދަށުން ހުޅުމާލެ އާއި މި ކޯޕަރޭޝަންގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އާބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
