ހުޅުމާލެ ފޭސް 2 އިން މަސްތުވާ ތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 އިން މަސްތުވާ ތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި
ލިޔުން:
ހުޅުމާލެ ފޭސް 2 ގެ މަގުމަތިން ޝައްކުކުރެވިގެން ބަލައި ފާސްކުރި ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ފެނިގެން 2 މީހަކު ރޭ ދަންވަރު ހައްޔަރުކޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ފުލުހުން ރޭ 2:40 އެހައިކަންހާއިރު ޕެޓްރޯލުކުރަމުން ދަނިކޮށް އެ 2 މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި އެމީހުން ދުއްވި ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި އަޅާފައި ހުރި ކޮތަޅުތަކެއް ފެނިގެންކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އަދި އެ މައްސަލައާ ގުޅިގެން ތަހުގީގަށް އެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްއަމުރުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
