
ހުޅުމާލެ ފޭސް2 ގެ ބާބެކިއު އޭރިއާ ހުޅުވައިފި
ހުޅުމާލެ ފޭސް2 ގެ ބާބެކިއު އޭރިއާ ހުޅުވައިފި
ލިޔުން:
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާބަކިއު ހަދާނެ ސަރަހައްދެއް ހަދައި، އެތަން އިއްޔެ ހުޅުވައިފި އެވެ.
ބާބަކިޔު ސަރަޙައްދު ރަސްމީކޮށް ހުޅުވާ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް ވެސްއެޗްޑީސީން އިއްޔެ ބޭއްވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގާއިމްކުރި ، އެ ބާބަކިއު ސަރަޙައްދު ހަދާފައިވަނީ ހުޅުމާލޭ ރުއްގަނޑު 3 ސަރަހައްދުގައެވެ.
އިއްޔެގެ އިވެންޓްގައި އާންމުންގެ ގިނަބަޔަކު އެ ސަރަހައްދުގައި ބާބަކިއު ހެދިއިރު ، އެޗްޑިސީއިން ބުނީ، އެތަން އިތުރަށް ތަރައްގީ ކުރުމަށްޓަކާ ފޭސް 2 ގައި ދިރިއުޅޭ އާންމުންގެ ހިޔާލާ މަޝްވަރާ ހޯދާނެކަމުގައެވެ.
ބާބަކިޔު ސަރަހައްދު ބޭނުންކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް އެޗްޑީސީއިން އިލްތިމާސް ކުރެއެވެ.
ފޭސް 2 ތަރއްގީ ކުރުމުގެ ހުރިން ބާބަކިއުއަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި އޮތެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ކުރިން އޮތް ބީޗްގައި ހަދާފައި ހުރި އެތަނަކީ، ބޭނުންކުރަން ފަސޭހަ ، ބާބަކިއު އަށިތަކާއި ފެނާއި އެހެން ބައެއް ހިދުމަތް ވެސް ލިބޭގޮތަށް ހަދާފައި ހުރި ތަނެކެވެ. ދެވަނަ ފިޔަވަހި ތަރައްގީ ކުރަމަށްޓަކާ އެތަން ނެގިފަހުން ހުޅުމާލޭގައި ބާބަކިއު ހަދަން ވަކި ސަރަހައްދެއް ނެތުމަކީ އާންމުންގެ ޝަކުވާއަކަށް ވެސް ވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
