މާލެ: 31°C
ހުޅުމާޅޭ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި 20 ޕަސެންޓް ކުޑަކޮށްފި

ހުޅުމާޅޭ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި 20 ޕަސެންޓް ކުޑަކޮށްފި

January 6, 2024
4 ފަހަރު ބަލާފައި
ހުޅުމާޅޭ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި 20 ޕަސެންޓް ކުޑަކޮށްފި
އަންނަ މަހުން ފެށިގެން ހުޅުމާލެ ފޭސް އެކެއްގެ ހުރިހާ ފްލެޓްތަކުގެ ކުލީގެ 20 ޕަސެންޓް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. މާލޭސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓް، އާޒިމާ ޝަކޫރުގެ ކެމްޕޭނު ޖަލްސާއެއް ހުޅުމާލޭގައި ބާއްވައި، އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް، މުއިއްޒު ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުން މަހުން މަހަށް ކުލި ދައްކާ ވަރު ސަރުކާރުން ކުޑަ ކޮށްފައި ނުވާ ކަމަށާއި އެތަންތަނަށް 4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއި އެކީ ދައްކަމުން އަންނަ ކަމަށެވެ. "އަޅުގަނޑު މިއަދު މިތަނުގައި އިއުލާން ކޮށްލަން ބޭނުން، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެންދާނެ" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެލުއި ރައްޔިތުންނަށް ދެނީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހީނަރުވެފައިވާތީ ރައްޔިތުންގެ އާމްދަނީ ވަރަށް ކުޑަވެގެން ދެއްކެން އޮތް ކުއްޔެއް ދެއްކެނީ ވަރަށް ހާލުން ކަމަށްވާތީ ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ދޭން ބޭނުންވާތީ ކަމަށެވެ. "ސަރުކާރުން ދެން އެ 20 ޕަސެންޓް މެނޭޖް ކުރާނެ. ގިނައީ ޖީޓުޖީ ލޯންސް، ދެގައުމުގެ ދޭތެރޭގައި ހެދިފައި ހުރި އެގްރީމެންޓްތަކުން ދައްކަން ހުރި ލޯނުތައް ފޭސް އެކެއްގައި ހުރި ފްލެޓްތަކުގައި. އެހެން ކަމުން އެކަން އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ. އެހެންކަމުން އެކަމަކާއި ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ" ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، މެއިންޓަނެންސް ފީ ގެ ކަންތަކުގައި އާބަންކޯއިން މަސައްކަތް ކުރާނެ ކަމަށާއި ހައުސިން މިނިސްޓްރީން ބަލަހައްޓާ ފްލެޓްތަކުގެ ފީ ވެސް އާބަންކޯ އާ ސަރުކާރުން ގުޅިގެން ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ