
ހުޅުމާލެ ޕޭވްމަންޓުތަކުގައި ކެފޭގެ ހިދުމަތް ދިނުން ހުއްޓާލަން އަންގައިފި
ހުޅުމާލެ ޕޭވްމަންޓުތަކުގައި ކެފޭގެ ހިދުމަތް ދިނުން ހުއްޓާލަން އަންގައިފި
ލިޔުން:
ހުޅުމާލޭ ޕޭވްމަންޓުތަކުގައި ކެފޭގެ ހިދުމަތް ދިނުން ހުއްޓާލަން އާބަންކޯއިން އަންގައިފި އެވެ.
އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ކެފޭތަކާއި ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތާ ކައިރީ ޕޭވްމަންޓްގައި ގޮނޑިއާއި މޭޒުތައް ބަަހައްޓާފައި ވާތީ އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބެލި ބެލުމުގައި ހުޅުމާލޭގެ 34 މަގެއްގެ ޕޭވްމަންޓުގައި 183 މޭޒު ބަހައްޓައި ހިދުމަތްދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެއެވެ.
"މިކަން ހައްލު ކުރުމަށްޓަކައި ގޮނޑި އާއި މޭޒު އެ ތަންތަނުުން ނެގުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފަ އެވެ،" އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ހުޅުމާލެއަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމަށްް ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ހިދުމަތްތަކަށް ހުއްދަ ދީ ހިންގަމުން އައި ކަމުގައި ވިޔަސް، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ކުރާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯ އިން އަންނަނީ ކެފޭތަކާއި، މިފަދަ ހިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މަގުތައް ހިޔާވާނެ ހެން ގަސް އިންދުމާއި، އެކްސެސިބިލިޓީގެ ގޮތުން ބެލިނަމަވެސް، އާންމުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
