މާލެ: 31°C

ހުޅުމާލެ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު މެނޭޖްކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި

February 12, 2023
2 ފަހަރު ބަލާފައި
ހުޅުމާލެ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު މެނޭޖްކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި
ހުޅުމާލެ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު މެނޭޖްކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި
ހުޅުމާލޭގައި ސަރުކާރުން ހެދި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ އިވެންޓް މެނޭޖު ކުރާނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ. އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ހުޅުމާލޭ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކުރުމުގެ މިބީލަމުގައި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރި ވެވޭނެ ކަމަށެވެ. އެ މިމަސައްކަތަށް އެޑްވާންސް ފައިސާ ހޯދުމަށް އެދޭނަމަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެ ކަމަށް ވެސް ބުންޏެވެ. އެ އިއުލާނުގައިވާ ގޮތުން ބީލަން ހުށަހަޅަން ޖެހޭނީ 14 ފެބްރުވަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން ހައުސިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. އަދި ބީލަމާގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ވާނަމަ 13 ފެބްރުއަރީ ވާ ހޯމަދުވަހުގެ ކުރިން އެ މިނިސްޓްރީއަށް އީމެއިލް ކުރަން އެ އިއުލާނުގައި އެދިފައި ވެ އެވެ. ހަބުރީގެ އެ އިމާރާތަކީ ސަރުކާރުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ 25000 އަކަފޫޓުގެ އިމާރާތެކެވެ. އެ އިމާރާތުގައި ހުރި އޮފީސްތަކަކީ ޖެންޑާ މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި އެމެރިކާ އެމްބަސީ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ