މާލެ: 31°C
ހުޅުމާލެ މުނިސްޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަނީ

ހުޅުމާލެ މުނިސްޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަނީ

January 1, 2024
2 ފަހަރު ބަލާފައި
ހުޅުމާލެ މުނިސްޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަނީ
އެއް މަސްދުވަހުގެ ތެރޭގައި ހުޅުމާލެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް މިއަދު ފައްޓަވަން ނިންމަވާފައިވާ ކަމަށެވެ. ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އޮންނަންވާނީ ސިޓީ ކައުންސިލުގެ ދަށުގައިކަން ޤާނޫނުގައި ބަޔާންކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މުނިސިޕަލް ހިދުމަތްދޭ އޮފީހާއި މެޝިނަރީތަކާއި ބިންތަކާއި ސްޓާފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށެވެ. މިގޮތުން ބަދަލުކުރާ މުވައްޒަފުންނަށް އެއް އަހަރު ދުވަސްވަންދެން ކުރިން ލިބެމުން އައި މުސާރަ ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ހުޅުމާލެ މުނިސިޕަލް ހިދުމަތް މިހާރު ދެމުންދަނީ އާބަންކޯ އިންނެވެ. މާލެ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ މުނިސިޕަލް ހިދުމަތް ބަދަލު ކުރެއްވުމާ ގުޅޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ