މާލެ: 31°C

ހުޅުމާލޭ މައި މިސްކިތުގެ ވުލޫކުރާ ސަރަހައްދު، ގޯތި ތެރޭގައި ވަކިން ހަދަނީ

December 28, 2022
2 ފަހަރު ބަލާފައި
ހުޅުމާލޭ މައި މިސްކިތުގެ ވުލޫކުރާ ސަރަހައްދު، ގޯތި ތެރޭގައި ވަކިން ހަދަނީ
ހުޅުމާލޭ މައި މިސްކިތުގެ ވުލޫކުރާ ސަރަހައްދު، ގޯތި ތެރޭގައި ވަކިން ހަދަނީ
ހުޅުމާލޭގެ މައި މިސްކިތް (އާއްމުކޮށް ކިޔާ ގޮތުން ނަމަ ވަށް މިސްކިތުގެ ވުލޫކުރާ ސަރަހައްދު، މިސްކިތާ ވަކިން، ގޯތިތެރޭގައި ހަދަން މާލޭ ސިޓީކައުންސިލުން ބަޖެޓްކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 82 ވަނަ ޖަލްސާއިން ފާސްކުރި، އަންނަ އަހަރުގެ ބަޖެޓްގައި ހިމެނި ކަންތައްތަކުގެ ތެރޭގައި ހުޅުމާލޭ މައި މިސްކިތުގެ ގޯތި ތެރޭގައި ވުލޫކުރާ ސަރަހައްދާއި ފާހާނާބަރި ހެދުމުގެ އިތުރުން މާލެ ސަރަހައްދުގައި އާއްމުންނަށް ފަސޭހަ ކުރުމަށް ޓަކައި ކުރާނެ ގިނަ އެހެން މަސައްކަތްތަކެއް ހިމެނި އެވެ. ހުޅުމާލޭގެ މައި މިސްކިތުގެ ވުލޫކުރާ ބައި ގޯތި ތެރޭގައި ވަކިން ހަދައިފި ނަމަ ، އެ މިސްކިތަށް ޖާގަ އިތުރުކުރެވޭނެ އެވެ. ސިޓީކައުންސިލުން މިއަދު ފާސްކުރި ބަޖެޓްގައި ޖެހި އެހެން ކަންތައްތަކުގެ ތެރޭގައި ކައުންސިލް އިން ހަވާލުވެފައިވާ މާފަންނު މަދަރުސާ އާއި ގަލަޅު މަދަރުސާ އަށް މަހަކު 50،000 ރުފިޔާ ދިނުމާއި މާލޭގައި ފެންވަރު ރަނގަޅު ދެ ބަސް ސްޓޮޕް އެއް ހެދުން ހިމެނެ އެވެ. ސުނާމީ ބިނާ  ހުރި ޕާކް މަރާމާތުކުރުމާއި ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން މަރާމާތުކުރަން ވެސް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމެނި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ